2025 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު އަނެއްކާވެސް ދިވެހިރާއްޖެއަށް ލިބިއްޖެއެވެ.
މި އެވޯޑު ލިބިފައިވަނީ، ބަހުރެއިންގައި ބޭއްވުނު 32 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގައެވެ. މިއީ،“ ރާއްޖެއމިއީ ”ވޯލްޑް ލީޑިނ ޑެސްޓިނޭޝަން“ އެވޯޑު ރާއްޖެއަށް ވިދިވިދިގެން ލިބުނު ހަ ވަނަ ފަހަރުއެވެ.
މީގެއިތުރުން، ރާއްޖެއަށް ވަނީ އިތުރު ކެޓަގަރީތަކުން އެވޯޑުތައް ލިބިފައެވެ. އޭގެ ތެރޭގައި،
- ވޯލްޑް ލީޑިން ގްރީން ޑެސްޓިނޭޝަން އެވޯޑް
- ވޯލްޑް ލީޑިން އެއާޕޯޓް ރިސޯޓް އެވޯޑް: ހުޅުލެ އައިލެންޑް ހޮޓެލް
- ވޯލްޑް ލީޑިން ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރިސޯޓް: ވޯލްޑޯފް އެސްޓޯރިއާ، އިތާފުށި
- ވޯލްޑް ލީޑިން ވޯޓާ ވިލާ ރިސޯޓް: އެމަރަލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ
- ވޯލްޑް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓް: ވައްކަރު މޯލްޑިވްސް ހިމެނެއެވެ.
މީގެއިތުރުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަރަށް ބޮޑު ހިއްސާއެއް އަދާކުރާ ޓީއެމްއޭއަށްވެސް ވަނީ 2 އެވޯޑެއް ލިބިފައެވެ. އެއީ. ދުނިޔޭގެ ލީޑިންގ ސީޕްލޭން އޮޕަރޭޓަރ އަދި އިންޑިއަން އޯޝަންސް ލީޑިންގ ސީޕްލޭން އޮޕަރޭޓަރ އެވޯޑްއެވެ.
މި އެވޯޑުތައް ދިވެހިރާއްޖެއަށް ލިބިގެންދިޔުމަކީ، ދުނިޔޭގެ ލޮލުގައި، ރާއްޖޭގެ މަންޒިލުގެ މަގުބޫލުކަން ދައްކުވައިދޭކަމެކެވެ. އަދި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާވެ، މަގުބޫލުކަން އިތުރުވަމުންދާކަންވެސް ފާހަގަވެއެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ކުރިއެރުވުމަށް ސަރުކާރުން ވަނީ ބޮޑު އަމާޒެއް ކަނޑައަޅާފައެވެ. އެއީ، 2025 ވަނަ އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުމެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި ވިސިޓް މޯލްޑިވްސްއިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާކެޓިންގ ހަރަކާތްތައް ވަރުގަދައަށް ހިންގަމުންނެވެ. މި މަސައްކަތްތަކުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑް އިތުރަށް ވަރުގަދަވެ، އާ މާކެޓްތަކަށް ރާއްޖެ ތަޢާރަފުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

