ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރައީސް ޔާމީން ޖަލަށް ލުމާއި މެދު މަހްލޫފް ހެއްދެވި ޕޯލް ހެއްދެވީ، ރައީސް ސޯލިހް ވިދާޅުވެގެން“

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމާއި މެދު މަހްލޫފް ހެއްދެވި ޕޯލް ހެއްދެވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެގެން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ތުހުމަތުކުރައްވައިފިއެވެ.

ޕީޕީއެމް އަދި ޕީއެންސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އޭނާ ވަނީ ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރި ވެދާނެ ކަމަށް ޤަބޫލުނުުރެވޭ ކަމަށް ތަރުރާރުކޮށް ވިދާޅުވެފައެވެ. މީގެ އިތުރުން، މި ސަރުކާރުގެ ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް، ރައީސް ޔާމީން އަސް ހުކުމް ކުރާނެތޯ ނުވަތަ ނޫންތޯ ބެލުމަށް ޕޯލް އެއް ހައްދަވާފައިވާތީ އެއީ ރައީސް ޔާމީންގެ ޝަރީއަތަށް ނުފޫޒު ފޯރުވުން ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

”މިކަން މި ކުރަނީ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެގެން ކަމަށް އަޅުގަނޑުމެން މި ގަވޫލުކުރަނީ. އެހެން ނޫން ނަމަ އެމަނިކުފާނު ވަޒީރުކަން ދެއްވާފައި ހުރި ވަޒީރުންގެ މަޖިލީހުގެ މެމްބަރަކަށް އެހެން ނޫންނަމަ އެކަން ނުކުރެވޭނެ ކަމަށް ”

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން އަށް އަދުގެ ސަރުކާރުން ކުރަމުންދަނީ ސިޔާސީ އަނިޔާ ކަމަށާ، އެކަން ކުރަމުން ދަނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ދެބޭފުޅުން އިސްވެ ތިއްބަވައިގެން ކަމަށެވެ. އެއީ މިހާރު ޕީޕީއެމް އާއި ޕީއެންސީގެ އެންމެ ބޮޑު ކަންބޮޑުވުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: