ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރ. އަލިފުށީގައި ޤަވައިދާއި ޙިލާފަށް އުޅޭ ބިދޭސީން ދެނެގަންނަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރ. އަލިފުށީގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައް ހައްލުކުރުމަށް ރ. އަލިފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އެރަށު ކައުންސިލް ހާއްސަ މަސައްކަތެއް ފަށައިފިއެވެ.

ޑިސެންބަރު 1 ވަނަ ދުވަހުން ފެށިގެން 2 މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން ގަވާއިދާ ހިލާފަށް އަލިފުށީގައި އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތައް ދެނެގަނެ މައުލޫމާތު އެއްކޮށް، ކަމާ ގުޅުންހުރި އިދާރާތަކާ މައުލޫމާތު ހިއްސާކޮށް، އިދާރާތަކާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަަމަޖެހިފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ. އަދި އެގޮތުން ހިފަހައްޓާ ބިދޭސީންތައް އިމިގްރޭޝަނާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މީގެއިތުރުން، މި މަސައްކަތުގައި މައުލޫމާތު އެއްކޮށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލައި، ބިދޭސީން ދިރިއުޅޭ ތަންތަނާއި އެތަންތަނުގެ ހާލަތު ދެނެގަތުމާއި އެތަންތަނުގެ ވެރިފަރާތްތަކަކީ ކޮބައިތޯ ބަލައި ޒިންމާދާރު ގޮތެއްގައި އެފަދަ ތަންތަން ދޫކުރުމަށް ބާރުއަޅައި އިރުޝާދު ދިނުމަށްހަމަގެހިފައިވެއެވެ. އަދި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތްވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ހިއުމަން ޓްރެފިކިންގ އަދި މަނީ ލޯންޑަރ ފަދަ ޖިނާއީ ކުށެއް ފާހަގަވެއްޖެނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީވެސް މިމަސައްކަތުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއްކަން ފުލުހުން ފާހަގަކުރެއެވެ.

އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން މިހާތަނަށް 74 ބިދޭސީއެއްގެ މައުލޫމާތު އެއްކުރެވިފައިވާއިރު، އެއްވެސް ލިޔެކިޔުމެއް ނެތި ގަވާއިދާ ހިލާފަށް އުޅެމުންދާ 3 ބިދޭސީއެއް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައިފާސްކޮށް، މިހާތަނަށް އެއް ވިޔަފާރިއެއްގެ މައުލޫމާތު ނަގާފައިވާކަމަށްވެސް ފުލުހުން ބުނެއެވެ

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިތުރު ޕްރޮގްރާމް މިހާރު އަމާޒުކޮށްފައި ވަނީ ގަވައިދާ ހިލާފު ވިޔަފާރިތައް ކުރަމުންދާ މީހުންނަށެވެ. އެގޮތުން، ގާނޫނާއި ގަވައިދާ ހިލާފަށް އެކި ވިޔަފާރިތައް ހިންގައި، އެކަމުގައި އުޅޭ ބިދޭސީންތައް ދެނެގަނެ، ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި އުޅޭ ޖުމްލަ ބިދޭސީންގެ އަދަދު ދެނެގަނެ، ތިން އަހަރުގެ ތެރޭގައި މި މައްސަލަ ހައްލުކުރުމެވެ. މިދިޔަ ދޮޅު އަހަރުގެ ތެރޭގައި ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން ހިފަހައްޓައި ޑީޕޯޓުކުރެވުނު ކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ. އަދި ބިދޭސީންގެ މައުލޫމާތުތައް އެއްކުރުމަށްޓަކައި ”އޮޕަރޭޝަން ކުރަނގި“ ނަމުގައި ހާއްސަ ޕްރޮގްރާމެއް ފަށައި، ގިނަ ބައެއްގެ ދިހަ އިނގިލީގެ ނިޝާނާއި، ފޮޓޯ ހިމެނޭ ގޮތުން ބަޔޯމެޓްރިކް ޑޭޓާ ވަނީ ނަގާފައެވެ

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަތުމަށް ކުރިޔަށް ގެންދާ މަސައްކަތުގައި ހިމެނެނީ، މިނިސްޓްރީއާއި އިމިގްރޭޝަން އަދި އެހެން ބައެއް މުވައްސަސާތައް ހިމެނޭ ގޮތަށް އެކުލަވާލާފައިވާ ޓާސްކް ފޯސްއިންނެވެ.

މި މަސައްކަތްތަކުގެ ތެރޭގައި، ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ހިންގާ ވިޔަފާރިތައް ވެސް ދެނެގަތުމުގެ މަސައްކަތް ކުރާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތަކުގެ މައުލޫމާތުތައް، އިކޮނޮމިކް މިނިސްޓްރީގެ 3333199 ނަމްބަރަށް ގުޅައިގެން ނުވަތަ އެ މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް އެކަން ރިޕޯޓު ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: