ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހާއި ނަޝީދުގެ އިތުރުން މާރިޔާއަށް ކޮރަޕްޝަންގެ ތުހުމަތު

ރައީސް ސޯލިހް ޖަލްސާއެއްގައި ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކުގެ މައްސަލަ ޕީޕީއެމްއިން އޭސީސީ އަށް ހުށަހަޅައިފިއެވެ.

އެ މައްސަލަތައް ހުށަހެޅިކަން ހާމަކުރީ މީގެ ކުޑަ އިރުކޮޅެއް ކރުިން ޕީޕީއެމްގެ ވަކީލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި، ޕީޕީއެމްގެ ވަކީލުން ވިދާޅުވީ، މިހާތަނަށް ސަރުކާރުގެ އެކި މަޤާމުތަކުގައި ތިބި ފަރާތްތަކުގެ ކޮރަޕްޝަންގެ 60 މައްސަލަ އެ ފަރާތްތަކާއި ހަމައަށް ލިބިފައިވާ ކަމަށެވެ.

ދައުލަތުގެ އެއްވެސް ވަސީލަތެއް އެހެން ކަމަކަށް ބޭނުން ނުކުރެވޭނެ ކަމަށް ވީނަމަވެސް، ރައީސް ސޯލިހް ދައުލަތުގެ ވަސީލަތްތައް ބެނުންކޮށްގެން ކެމްޕެއިން ދަތުރުތައް ކުރައްވާފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް ނަޝީދު ހުވަދުއަތޮޅަށް ކުރެއްވި ދަތުރެއްގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރި ކަމަށާ، އެ ދަތުރުގައި މަޖިލީސް މީޑިއާ ބޭނުންކޮށްގެން ކެމްޕެއިން ކުރި ކަމަށް ވެސް ވަނީ ތުހުމަުތކޮށްފައެވެ.

އެއީ އަމިއްލަ ދަތުރެއް، ރަސްމީ ދަތުރުފުޅެއް ކަމަށް ދެއްކުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ޕީޕީއެމްއިން ތުހުމަތުކުރެއެވެ.

ޑިފެންސް މިނިސްޓަރ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިންޓީރިއަރ މިނިސްޓަރާއި ބައްދަލުކުރެއްވި އިރު ދަރިކަލުން ބައިވެރި ކުރެއްވި މައްސަލަ އަކީ ވެސް އެއީ ކޮރަޕްޝަންގެ އަމަލެއް ކަމަށާ، އެއީ ޤައުމީ ސަލާމަތަށް ވެސް އޮތް ނުރައްކަލެއް ކަމަށް ސިފަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: