މި އަހަރު ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން ގެންނަން ކަނޑައެޅި އަމާޒު މި މަސް ނިމުމުގެ ކުރިން ހާސިލްވާނެކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ސަރުކާރު ކުންފުނިން މި އަހަރުގެ ތެރޭގައި ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. ރާއްޖެއާއި ޜާއްޖެއިން ބޭރުގައި ކުރިޔަށްގެންދިޔަ ޕްރޮމޯޝަނަލް ހަރަކާތްތަކުގެ ނަތީޖާއެއްގެ ގޮތުން ފަތުުރުވެރިމަމުގެ ތަފާސްހިސާބުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
މި އަހަރުގެ މިހާތަނަށް އެމްއެމްޕީއާރުސީން ކުރިޔަށް ގެންދިޔަ ހަރަކާތްތްކާއި، އަދި ކުރިޔަށް އޮތްތަނުގައި ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފައިވަނީ ޠައްޔިބުއެވެ. އަހަރު ނިމެން ދެ މަސް ދުވަހަށް ވެފައިވާއިރު ޠައްޔިބު ވަނީ ފާއިތުވީ ދުވަސްތަކަކީ ފަތުރުވެރިކަން ކުރިއެރުވުމުގައި އެމްއެމްޕީއާރުސީއަށް ލިބިގެންދިޔަ ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ޠައްޔިބު ވިދާޅުވީ މިދިޔަ ފަސް އަަހަރާއި އަޅާބަލާ މިއަހަރު ބޮޑު ކުރިއެެރުމެއް ލިބިފައިވާކަމަށެވެ. އެންމެ ފާހަގަކޮށްލެވޭ މާކެޓުތަކުގެ އެންމެ ކުރީގައި މުޅިން އަލަށް އެމެރިކާގެ މާކެޓު ހިމެނިފައިވުމަކީ އެމްއެމްޕީއާރުސީއަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަމުގެ ހެއްކެއްކަމަށް ތޮއްޔިބް ވަނީ ވިދާޅުވެފައެވެ. އެމެރިކާގެ އިތުރުން އޮސްޓްރޭލިއާއިން އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަކުރެއްވިފައިވާކަމަށާއި އެ މާކެޓުތަކަށް ސަމާލުކަން ދީގެން ޕްރޮމޯޝަނަލް ހަރަކާތްތަކެއް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަން ޠައްޔިބު ވަނީ ފާހަގަކުރައްވާފައެވެ.
މި އަހަރުގެ އެކި ހަރަކާތްތަކުގެ ތަފްސީލު ދެއްވާ، ތޮއްޔިބް ވިދާޅުވީ އެމްއެމްޕީއާރުސީއިން މި އަހަރުގެ މިހާތަނަށް 21 މާކެޓެއްގެ 23 ފެއާގައި ރާއްޖެ ޕްރޮމޯޓުކޮށްފައިވާ ކަމަށެވެ. އަދި 33 ސިޓީއެއްގައި ރޯޑު ޝޯވ ތަކެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރުސީ އިން މިއަހަރުގެ ތެރޭގައި ވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 21 މާކެޓެއްގައި ކުރިއަށްގެންދިޔަ 23 ފެއާއެއްގައި ރާއްޖެ ޕްރޮމޯޓުކޮށްފައިވާއިރު 33 ސިޓީއެއްގައި ރޯޑް ޝޯތައް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ޠައްޔިބު ވިދާޅުވީ މި އަހަރުގެ ތެރޭގައި 135 ހަރަކާތެއް ހިންގުމަށް ރޭވި ކަމަށެވެ. އަދި ކުރިޔަށް އޮތް ބާކީ ދެ މަސް ދުވަހުގެ ތެރޭގައި 30 އަށް ވުރެ ގިނަ ހަރަކާތް ބޭއްވުމަށް ރަވާފައިވާކަމަށެވެ.
ޠައްޔިބު ވިދާޅުވީ ގޮތުން މިދިޔަ އަހަރާ އަޅާ ބަލާ އިރު މި އަހަރު ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ ނިސްބަތް ވަނީ 16 ޕަސެންޓް އިތުރު ކުރެވިފަ އެވެ. އަދި ރާއްޖެ ޕްރޮމޯޓު ކުރުމުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ލަފަޔާ ހިޔާލު ހޯދުމާއި އެކު ހިންގުން އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކޯޕަރޭޓް ގަވަނެންސްގެ އުސޫލުތައް ހިފަހައްޓައިގެން މަސައްކަތް ކޮށްފައިވެއެވެ.
ރާއްޖެ އިސްތިހާރު ކުރުމަށް އެމްއެމްޕީއާރުސީން ހިންގާ ހަރަކާތްތައް ރާވަނީ، އެ ކުންފުނީގެ މެންބަރުންނަށް އިސްކަން ދީގެން ކަމަށްވާ އިރު، ވީހާވެސް ގިނަ ރިސޯޓުތަކާއި ޓޫރިސްޓް ހިދުމަތްދޭ ތަންތަނަކީ އެމްއެމްޕީއާރުސީގެ މެންބަރުންނަށް ހެދުމަށްޓަކައި މެމްބާޝިޕް ފީ ވަނީ 50 ޕަސެންޓަށް ކުޑަކޮށްފަ އެވެ.
އެމްއެމްޕީއާރުސީގެ މެމްބަރަކަށް ވުމަށްޓަކައި ރިސޯޓުތަކުން ކުރިން ދައްކަމުން އައީ 1،500 ޑޮލަރުގެ ފީއެއް ނަމަވެސް، އަލަށް ގެނައި ބަދަލާ އެކު އަހަރު ދައްކަން ޖެހޭނީ 750 ޑޮލަރެވެ. މީގެ ކުރިން ގެސްޓް ހައުސްތަކާއި ސަޕާރީތަކުން ދައްކަމުން އައި 1،000 ޑޮލަރު ގެނައި ބަދަލާ އެކު އެ އަދަދު ވަނީ 250 ޑޮލަރަށް ކުޑަ ކޮށްފަ އެވެ. އަދި، ކޮންމެ އެނދަކަށް 40 ޑޮލަރު މަގުން ފީއެއް ރިސޯޓުތަކާއި ގެސްޓް ހައުސްތަކުން ކުރިން އައީ ދައްކަމުންނެވެ.
ތަފާސްހިސާބުތައް ހިއްސާކުރައްވާ ޠައްޔިބު ވިދާޅުވީ ކުރިއަރަމުން އަންނަ މާކެޓުތަކުން އިތުރު ކުރިއެރުންތަކެއް ހޯދުމަށް ދުނިޔޭގެ އެކި މާކެޓުތަކުގައި ބައިވެރުވުމަށް ހަމަޖެހިފައިވާކަމަށެވެ. ތަނުގައި މުވައްޒަފުން މަދުނަމަވެސް، ރާއްޖެ މާކެޓު ކުރިއެރުވުމުގައި ހަރަކާތެރިވާ ފަރާތްތަކުން ދުނިޔޭގެ އެކި ގައުމުތަކުގައި ބާއްވާ މާކެޓުތަކުގައި ބައިވެރިވަމުންދާނެކަމަށް ތޮއްޔިބްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
އެމްއެމްޕީއާރުސީއިން ނޫސްވެރިންނާއި ހިއްސާކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ ޔޫރަޕްގެ މާކެޓުންނެވެ. އެއީ ޔޫރަޕްގެ އެންމެ ވަރުގަދަ ތިން މާކެޓުކަމަށްވާ އިޓަލީއާއި، ޖާމަނީ، އަދި އިނގުރޭސިވިލާތުން އައިސްފައިވާ ފަތުރުވެރިންނެވެ. 2019 ވަނަ އަހަރު ރާއްޖޭގެ ފަތުތުވެރިމަމުގެ ދާއިރާއިން ފެނުނު އެންމެ ބޮޑު ބަދަލަކީ ފާއިތުވީ ތިން އަހަރުން ފެށިގެން ދަށްވަމުން އައި ޗައިނާ މާކެޓުން ލިބުނު ކުރިއެރުމާއި އަވައްޓެރި އިންޑިއާ މާކެޓުން ލިބުނު ކުރިއެރުމެވެ. އިންޑިއާއިން މި އަހަރުގެ މިހާތަނަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު 80،000 އަށް ވުރެ މައްޗަށް އަރައެވެ. އޭގެ އިތުރުން ޗައިނާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1،40،000 ވުރެ މައްޗަށް އަރައެވެ.

