ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސިޑެންޓުގައި ކުޑަ ކުއްޖަކު ނިޔާވި މައްސަލައިގަ ބަސް ޑްރައިވަރު ހައްޔަރުކޮށްފި

ކުއްޖަކު ނިޔާވި މައްސަލައިގައި ބަސް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިނަމާލެ ބްރިޖް ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ކުޑަ އަންހެން ކުއްޖަކު ނިޔާވި މައްސަލައިގައި ބަސް ދުއްވަން އިން ޑްރައިވަރު ހައްޔަރުކޮށްފިއެވެ.

އެކްސިޑެންޓަށް ފަހު ލިބުނު އަނިޔާވި 13 އަހަރުގެ ކުއްޖާ ހޮސްޕިޓަލަށް ގެނދިޔައިރުވެސް ވަނީ ނިޔާވެފައެވެ..އެކްސިޑެންޓްގައި އަނިޔާވި އެ ކުއްޖާގެ މަންމައަށް މިވަގުތު ފަރުވާދެމުން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ.

ފުލުހުންގެ ތަރުޖަމާނު، އިޒްމިއާ ޒާހިރު، ”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސިނަމާލެ ބްރިޖްގައި މިރޭ ދެ އެކްސިޑެންޓް ހިނގާފައިވާ ކަމަށެވެ.

އެ ހާދިސާއާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އެކްސިޑެންޓު ވުމުން ބަސް މަޑުނުކޮށް އެ ސަރަހައްދު ދޫކޮށް ދިޔަ ކަމަށެވެ. ނަމަވެސް އެ ބަސް ފުލުހުން ހުއްޓުވާފައިވަނީ ހައިވޭގެ ޔޫޓާން  ނަގާ ސަރަހައްދުން ކަމަށެވެ. 

ފުލުހުން ބުނެފައިވާގޮތުން ބަސް ދުއްވަން އިނީ54 އަހަރުގެ ފިރިހެނެކެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް އެ އިދާރާއިން މައުލުމާތު ލިބިއެވެ. 

އެކްސިޑެންޓުގެ މަންޒަރު ދުށް މީހަކު ބުނީ ސައިކަލްގައި އެ މީހުން ދަނިކޮށް ފަހަތުން އައި ބަހެއް ސައިކަލްގައި ޖެހުމާ އެކު ސައިކަލް ފަހަތުގައި އިން ކުއްޖާ ވިއްސައިގެން ދިޔައީ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: