ނޯޑިކް ރީޖަންގަިއ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ރޯޑްޝޯއެއް މިމަހު ބާއްވާނެ ކަަމަށް އެމްއެމްޕީއާރުސީއިން ބުނެފިއެވެ.
ނޯޑިކްއަކީ ޔޫރަޕްގެ ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ބޭރުވާ ސަރަހައްދެވެ. ޔޫރަޕްގެ ފަތުރުވެރިންނާާއި އަޅާ ބަލާއިރު ނޯޑިކް ފަތުރުވެރިން 90 އިންސައްތަ އިތުރަށް ޚަރަދުކުރާކަން ފާހަގަވެއެވެ.

ނޯޑިކްގެ ހަތަރު ގައުމު ހިމެނޭގޮތައް މި ރޯޑްޝޯ ފެށުމަށް ހަމަޖެހިފައިވަނީ ކޮޕަންހޭގަންގައި މިމަހުގެ 12 ވަނަ ދުވަހުއެވެ. އަދި 13 ވަނަ ދުވަހު އޮސްލޯއަށް ދަތުރުކުރުމަށްފަހު 14 ވަނަ ދުވަހު ސްޓޮކްހޯމްއަދި ފަހު މަންޒިލެއްގެ ގޮތުގައި 15 ވަނަ ދުވަހު ރޯޑްޝޯ ނިންމާލާނީ ހެލްސިންކީގައެވެ.
އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢާތުގައި ހަރަކާތްތެރިވާ 13 ކުންފުންޏަކުން މި ރޯޑްޝޯގައި ބައިވެރިވާނެއެވެ. އެމްއެމްޕީއާރުސީއިން ބުނީ މި ރޯޑްޝޯއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްެރިވާ ފަރާތްތަކަށް ނޯޑިކްގެ އެންމެ ބޮޑެތޮ އައުޓްބައުންޑް ޓުއަރ އޮޕަރޭޓަރުންނާއި ބައްދަލުކޮށް ގުޅުންބަދަހި ކުރުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
އަދި މި ސަރަޙައްދުގައި ފާހަގަކުރެވޭ އާންމު ފުތުރުވެރިކަމާއި ބެހޭ މީޑިޔާތަކުގައި މި ރޯޑްޝޯ ރިޕޯޓު ކުރާނެ ކަމަށް އެމްއެމްޕީއާރުސީއިން މައުލޫމާތުދެއެވެ.

