ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު ސަސްޕެންޑް ކޮށްފި، މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހެޅުމަށް ވަނީ ނިންމާފަ

ސުޕްެރީމް ކޯޓުގެ ފަނޑިޔާރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު ވަކި ކުރަން ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ދެ ފަނޑިޔާރުން ވެސް 60 ދުވަހުގެ މުއްދަތަކަށް ސަސްޕެންޑު ކުރުމަށެވެ.

ޖޭއެސްސީއިން މި ފަނޑިޔާރުން ސަސްޕެންޑްކޮށް، ވަކިކުރަން ފޮނުވި އިރު ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރަކާ ބެހޭ ގޮތުން މައްސަލަތަކެއް އަންނަނީ ބަލަމުންނެވެ. ނަމަވެސް މި ދެ ބޭފުޅުން ވަނީ އެ ބޭފުޅުންގެ މައްސަލަތައް ބެލުމުގެ ބާރު ޖޭއެސްސީ އަށް ނޯންނާނެ ކަމަށް ވިދާޅުވެ ޗެލެންޖު ކުރައްވައިފަ އެވެ.

ޖޭއެސްސީއިން އާއްމު ކުރި ބަޔާނުގައި ބުނެފައިވަނީ އުއްތަމަ ފަނޑިޔާރު އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލަތަކެއް އެ ކޮމިޝަނުން ތަހުގީގު ކުރި އިރު ފަނޑިޔާރެއްގެ ކިބައިގައި ހުރުން ލާޒިމު ކުރާ ސުލޫކީ ސިފަތައް ނެތިގެންދާ ފަދަ އަމަލުތައް އެ ފަނޑިޔާރުން ކޮށްފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްޗަށް ތަހުގީގު ކޮމިޓީއަށް ސާވިތުވެފައިވާ ކަންތައްތަކަކީ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރު ކަމުގެ މަގާމާ އެކަށީގެން ނުވާ ފަދަ އަމަލުތަކަކަށް ވުމުން އެ ދެފަނޑިޔާރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފއިވާ ކަމަށެވެ. 

ގާނޫނުގައިވާ ގޮތުން ފަނޑިޔާރެއް ވަކި ކުރުމުގެ އިޖުރާއަތަކީ ޖޭއެސްސީއިން އެ ފަނޑިޔާރަކު ވަކި ކުރަން ނިންމައި މަޖިލީހަށް ހުށަހެޅުމެވެ. ފަނޑިޔާރެއްގެ މަގާމު ގެއްލޭނީ ރައްޔިތުންގެ މަޖިލީހުން އޭނާއާ ދެކޮޅަށް ވޯޓު ދީފިނަމަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: