ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓު ހިންގުން ވަގުތީ ގޮތުން އަރީފްއަށް

ސުޕްރީމް ކޯޓު ހިންގުން ވަގުތީ ގޮތުން އަރީފްއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ސުޕްރީމްކޯޓުގެ ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްއާ ހަވާލުކޮށްފިއެވެ.

އަރީފްއާ ސުޕްރީމްކޯޓު ހިންގުން ހަވާލުކުރީ އުއްތަމަފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ސަސްޕެންޑު ކުރުމާއި ގުޅިގެންނެވެ.

ޖޭއެސްސީއިން ބޭއްވި އެ ކޮމިޝަންގެ 80 ވަނަ ބައްދަލުވުމުގައި ނިންމާފައި ވަނީ ސުޕްރީމްކޯޓުގެ ހިންގުން ވަގުތީ ގޮތުން އަރީފްއާ ހަވާލު ކުރުމަށެވެ.

ބުދަ ދުވަހުގެ ވަގުތެއްގައި އަރީފް ވަނީ ޖޭއެސްސީގެ ރައީސް ކަމުގެ މަގާމުން ވެސް އިސްތިއުފާ ދެއްވާފައެވެ. ޖޭއެސްސީގެ ރައީސްކަމަށް ހިސާން ހުސައިން ވަނީ ބުދަ އައްޔަންކޮށްފައެވެ.

އުއްތަމަފަނޑިޔާރާއި ސުޕްރީމްކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ސަސްޕެންޑުކޮށް، މަގާމުން ވަކި ކުރުމަށް ޖޭއެސްސީއިން ވަނީ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފައެވެ. އެ ދެ ބޭފުޅުންގެ ސުޕްރީމްކޯޓުގެ އިހްތިސާސުން ބޭރުން އަމަލުކުރިކަމަށް ބުނާ މައްސަލަތަކެއް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ. ފަނޑިޔާރު އަރީފްއާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދަށްވެސް އެކަމުގެ ތުހުމަތު ކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: