ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރުކަން ދޫކޮށް، ކާނަލް ނަޝީދު ޕީޕީއެމްއަށް!

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު މުހައްމަދު ނަޝީދު ޕީޕީއެމްއަށް
ޝެއާރކޮށްލާ ކަހަލަދޯ؟

ޑީއާރުޕީގެ ކުރީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަށް ސޮއިކޮށްފި އެވެ.

ނަޝީދު ޕީޕީއެމަށް ސޮއިކޮށްފައިވަނީ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޕީޕީއެމަށް ސޮއިކޮށް ނަޝީދު ވަނީ އޭނާގެ މެންބަރުޝިޕް ފޯމް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނާއި ހަވާލުކުރައްވާފައެވެ.

މިިދިޔަ ރިޔާސީ އިންތިޚާބުގައިވެސް އަދި މަޖިލީސް އިންތިޚާބުގައިވެސް ނަޝީދު މަސައްކަތް ކޮށްފައިވަނީ ރައީސް ޔާމީނާއެކުގައެވެ. އޭރު ނަޝީދަކީ ޑީއާރުޕީގެ ލީޑަރެވެ. ނަމަވެސް ފަހުން ޑީއާރުޕީގެ ހިންގުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރާ ވަނީ ހަވާލުކުރައްވާފައެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ކުރިން ކޮންމެ ސިޔާސީ ޕާޓީއެއްގައި މަސައްކަތްކުރިނަމަވެސް ހިތް އޮތީ ޕީޕީއެމްއާއެކު ކަމަށެވެ. ނަޝީދު ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެންޕެއިން މިރޭ ފަށަންޖެހޭ ކަމަށާ ޕީޕީއެމްގެ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އަދި ޖުޑީޝިއަރީ އިސްލާހު ކުރުމުގެ ނަމުގައި ފަނޑިޔާރުގެއަށް އަތް ބާނައި ހެދުމުގެ އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

2023 ގެ ރިޔާސީ އިންތިހާބަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވީ އިންތިހާބުގެ ވޯޓު ކަރުދާސްކޮޅުގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: