މ. ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް އިންޑިއާއިން އެއް މިލިއަން ރުފިޔާގެ ހިލޭ އެހީދޭން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީއިން ބުނީ އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ ހިލޭ އެހީގެ ތެރެއިން މުލަކު އަތޮޅު ކޮޅުފުށީގައި މަގު ބައްތި ޖެހުމަށް 1,500,000.00 (އެއްމިލިއަން ފައްސަތޭކަޖާސް) ދިވެހި ރުފިޔާގެ އިންޑިއާ ސަރުކާރުންދޭން ނިންމާފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ކޮޅުފުށީގެ މީހުން ދިރިއުޅޭ ސަރަހައްދުގައި 115 މަގު ބައްތި ޖެހޭނެއެވެ.
މި ޕްރޮޖެކްޓަކީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒް ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެއްވަން ނިންމެވި ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
ފޮރިން މިނިސްޓްރީއިން ބުނީ ރައްޔިތުންނަށް ހާއްސަކޮށް އަންހެނުންނާށާއި އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރި މާހައުލެއް ފަހިކޮށްދިނުމަށްޓަކައި މަގު ބައްތި ހަރުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ މަސައްކަތެއް ކަމަށެވެ.
ކޮޅުފުށީގައި މަގު ބައްތި ޖެހުމުގެ މަޝްރޫއަށް އެހީ ހަމަޖެހިފައިވާއިރު އެރަށުގައި 100 ހައުސިން ޔުނިޓު އިމާރާތްކުރުމަށް މި ސަރުކާރުން ވަނީ ބަޔަކާއި ހަވާލުކޮށްފައެވެ.
މ.ކޮޅުފުއްޓަކީ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންވި އެއް ރަށްކަން ފާހަގަކޮށްލެެވެއެވެ. 2014 ވަނަ އހަަރު ހިންގި ބޯހިމެނުމުގެ ޕޮރޮގްރާމްއަށް ބަލާއިރު އެރަށުގެ އާބާދީ 702 އަރައެވެ.

