ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފި

ބީއެމްއެލްއިން ވިސާ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފް ކުރުން/ ފޮޓޯ: ބީްއެމްއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާ، ބޭންކް އޮފް މޯލްޑިވްސް އިން ދުނިޔޭގެ ޑިޖިޓަލް ޕޭމަންޓްސްގެ އެންމެ އިސް ސަފުގައި ފާހަގަކޮށްލެވޭ ވިސާގެ އިންފިނިޓް ކްރެޑިޓް ކާޑު ރާއްޖެއަށް ތައާރަފްކޮށްފިއެވެ.

މި ކާޑަކީ ރާއްޖެއަށް ތައާރަފްކުރި ފުރަތަމަ މެޓަލް ކާޑެވެ.

މިއީ ރާއްޖެއަށް އެންމެ އީޖާދީ އަދި އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓުތައް ތައާރަފްކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

ހާއްސަ ޕްރިވިލެޖްތަކާއެކު ދުނިޔޭގެ ފެންވަރުގެ އެންމެ ފުރިހަމަ ޚިދުމަތް  ލިބޭ ވަސީލަތްތައްތައް ގާއިމުވެގެން ދިޔުމަކީ ރާއްޖޭގެ މުޖުތަމައުގެ ފުދުންތެރިކަން އިތުރުވަމުންދާއިރު ކަސްޓަމަރުން މިފަދަ ޚިދުމަތްތަކަށް ބޭނުންވާ މިންވަރު އިތުރުވަމުން އަންނަ ކަމެކެވެ. ވިސާ އިންފިނިޓް ކާޑަކީ މިފަދަ އުންމީދުތައް ހަގީގަތަކަށް ހަދައިދީ އަދި އެ ކާޑާ ވާދަ ނުކުރެވޭ ވަރުގެ ފައިދާތަކެއް ފޯރުކޮށްދޭ ކާޑެކެވެ. ވިސާ އިންފިނިޓްގެ މަޝްހޫރުކަމާއި ބައިނަލްއަގުވާމީ ގޮތުން ލިބިފައިވާ ހަރުދަނާ މަގާމާއި އަދި އެ ކާޑުން ލިބޭ ފައިދާތަކުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސް ވެގެންދާނީ މަތީ ފަންތީގެ އަދި އީޖާދީ ޕޭމަންޓްގެ ހައްލު ގެނެސްދޭ ބޭންކަކަށެވެ.

 ވިސާ އިންފިނިޓް ކާޑްހޯލްޑަރުންނަށް ލަގްޒަރީ ހޮޓެލްތަކުގައި ވީއައިޕީ ސްޓޭޓަސް އާއި އިންޓަރނޭޝަނަލް އެއާޕޯޓްތަކުގައި ފަސޭހަ އަދި ފުރިހަމަ ޚިދުމަތެއްވެސް ލިބޭނެއެވެ. މީގެ ތެރޭގައި ފާސްޓް ޓްރެކް އިމިގްރޭޝަން، ޕަރސަނަލައިޒްޑް މީޓް އެންޑް އެސިސިސްޓް، އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 2،000 އަށްވުރެ ގިނަ ޕްރިމިއަމް ލައުންޖްތަކަށް އެކްސެސް ލިބުމާއެކު، ޕްރަޔޯރިޓީ ރިސަރވޭޝަން ޚިދުމަތްތަކާއި، ޝެފް ޓޭބަލް އިވެންޓުތަކާއި އާޓް ޝޯ އަދި ކޮންސަރޓްތަކަށް ހާއްސަ އެކްސެސް އަދި ހިލޭ ގޮލްފް ކުޅުމާއި ސްޕާގެ އެންމެ ފުރިހަމަ ޚިދުމަތްތަކާއި އެލީޓް ކްލަބް މެމްބަރޝިޕް ލިބޭނެއެވެ. އަދި މުނިފޫހިފިލުވުމަށް ޕްރިމިއަމް ސަބްސްކްރިޕްޝަންތަކާއެކު ފުޑް ޑެލިވަރީ އާއި އެންމެ ކުރިއަރާފައިވާ އޭއައި އެޕްތަކުގެ ޚިދުމަތްތަކާއެކު، ޑިޖިޓަލް ޚިދުމަތްތައްވެސް ލިބޭނެއެވެ.

މި ހިދުމަތާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ ކަސްޓަމަރުންނަށް ޕްރިމިއަމް ބޭންކިންގ ޚިދުމަތެއް ފޯރުކޮށްދިނުމަށް މި ކާޑު ތައާރަފްކުރުމަކީ ލިބޭ ފަޚުރެއްކަމަށެވެ.

ޝަރީފް ވިދާޅުވި ގޮތުގައި މި ކާޑުން ކަސްޓަމަރުންނަށް ހާއްސަ އެކްސްކްލޫސިވް ބެނެފިޓްތަކަކާއި ކަސްޓަމަރުންގެ ލައިފްސްޓައިލްއާ ގުޅޭ ގޮތަށް ފަރުމާކޮށްފައިވާ ލަގްޒަރީ ޚިދުމަތްތައް ލިބިގެން ދާނެއެވެ. އަދި މި ކާޑު ރާއްޖެއަށް ތައާރަފުކުރުމުން ދައްކުވައިދެނީ ރާއްޖޭގެ މުޖުތަމައަށް ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ހައްލުތައް ތައާރަފްކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަންކަމަށް ވަނީ ވިދާޅުވެފަ އެވެ.

މީގެއިތުރުން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރ، އަވަންތި ކޮލަމްބަގެ ވިދާޅުވީ، ރާއްޖެއަށް އިންފިނިޓް ކާޑު ތައާރަފްކުރުމަކީ ލިބޭ ކުރިއރުމެއް ކަމަށެވެ. އަދި މި ކާޑުން އެހެން އެއްވެސް ކާޑަކުން ނުލިބޭ ފައިދާ އާއި ބައިނަލްއަގުވާމީ ޕްރިވިލެޖްތަކާއި އަދި ތަފާތު ތަޖުރިބާތަކެއް ލިބިގެންދާނެކަމަށް ވިދާޅުވި އެވެ.

ރާއްޖެއަށް ޕޭމަންޓް ހައްލުތައް ފޯރުކޮށްދިނުމުގައި ބީއެމްއެލްއިން އަދާކުރާ އިސް ދައުރު، މި ކާޑާއެކު އަނެއްކާވެސް ފުޅާވެގެންދާނެއެވެ.

2002 ވަނަ އަހަރު ވިސާގެ ކާޑުތައް ރާއްޖެއަށް އެންމެ ފުރަތަމަ ތައާރަފްކޮށްފައި ވަނީ ބީއެމްއެލްއިންނެވެ. އަދި މިދިޔަ އަހަރު، ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލަޔަންޓް ވިސާ ކްރެޑިޓް ކާޑު ވަނީ ތައާރަފްކޮށްފައެވެ. ކްލަސިކް، ގޯލްޑް، ޕްލެޓިނަމް ވިސާ ކްރެޑިޓް ކާޑުތަކާ އެކު ކްލާސިކް ޑެބިޓް އަދި ދާދި ފަހުން ތައާރަފްކުރި ޕްލެޓިނަމް ކާޑާއެކު ވިސާގެ ޑެބިޓް ކާޑުތައްވެސް ބޭންކުން އަންނަނީ ދޫކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: