ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑޮނީޝިއާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑޮނީޝިއާގެ ޖަކާޓާގެ އޮފީސް އިމާރާތެއްގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ،ޑރ. މުޙައްމަދު މުޢިއްޒު، އިންޑޮނޭޝީއާގެ ރައީސް، ހިޒް އެކްސަލަންސީ ޕްރަބޯވޯ ސުބިއަންތޯއަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އިންޑޮނީޝިޔާގެ ރައީސް ސުބިއަންތޯއަށާއި، މި ހާދިސާގައި ނިޔާވި މީހުންގެ އާއިލާތަކަށާއި، އެޤައުމުގެ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވަނީ މި ހާދިސާގެ ސަބަބުން އެތައް ބަޔެއްގެ ފުރާނަ ގެއްލި، އެތައް ބަޔަކު ޒަޚަމްވެ، ބޮޑެތި ގެއްލުންތަކެއް ލިބުނުކަން އެނގިވަޑައިގަތުމުން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި މި ހާދިސާގެ އަސަރު ކުރި ފަރާތްތަކަށް ހިތްވަރާއި ތަސައްލީ ލިބުމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން މި ހާދިސާގައި އަނިޔާލިބި، ގެއްލުންތައް ތަޙައްމަލުކުރަން ޖެހުނު ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، ވީހާ އަވަހަކަށް އެކަމުން އަރައިގަނެވޭނެ ގޮތް ވުމަށް އެދިވަޑައިގެންފައިވެއެވެ.

ޖަކާޓާގެ އޮފީސް އިމާރާތެއްގައި ރޯވި އަލިފާނުގެ ހާދިސާގައި 22 މީހުން މަރުވެފައި ވާއިރު، ކަމާބެހޭ ފަރާތްތަކުން މަރުވި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.

އިންޑޮނޭޝިއާގެ ވެރިރަށް ޖަވާޓާގެ ހަތް ބުރީގެ އޮފީސް އިމާރާތެއްގައި އަލިފާން ރޯވީ އިއްޔެ މެންދުރު ފަހު ކަމަށް ސިޓީ ޕޮލިސް ޗީފް ސުސާތިއޯ ޕުރްނޯމޯ ކޮންޑްރޯ ވިދާޅުވި ކަމަށް ރިޕޯޓްތަށް ބުނެއެވެ.

އަލިފާން ރޯވާން ފެށީ އަލިފާންގަނޑު މައްޗަށް ފެތުރިގެން ދިއުމުގެ ކުރިން ފުރަތަމަ ފަންގިފިލާގައި ބެޓެރީއެއް ގޮވުމުންނެވެ. އެ އިމާރާތުގައި ޑްރޯން އުފައްދާ ކުންފުންޏެއް ވެސް ހުރެއެވެ.

އަލިފާންގަނޑު ނިއްވުމުގައި މަދުވެގެން 100 ފަޔަރފައިޓަރުންނާއި 29 ފަޔަރ ޓްރެކް ހަރަކާތްތެރިވެފައިވެއެވެ. މި ހާދިސާގައި އަލިފާންގަނޑު ނިއްވުމަށް ތިން ގަޑިއިރު މަސައްކަތްކޮށްފައިވެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 7 ފިރިހެނުންނާއި، 15 އަންހެނުން ހިމެނޭއިރު، އެކަކީ މާބަނޑު އަންހެނެއްކަމަށް މައުލޫމާތު ރިޕޯޓްތައްބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: