ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެމްބަރު މައުރޫފް ބަންދުން ދޫކޮށްލައިފި

މަސްވެރިންގެ މުޒާހަރާގެ ބައިވެރިންގެ ބަންދުގައި ބައިތިއްބާފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް އެމްޑީޕީން ބުނެފި ފޮޓޯ: ފަޔާޒު މޫސާ| މިހާރު ---
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިހުތިޖާޖުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ބަންދުން ދޫކޮށްލައިފިއެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރ އަހުމަދު މައުރޫފް އެކްސްގައި ހއިްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފައިވާ ކަމަށެވެ. އަދި މެމްބަރު އޮތީ ހޮސްޕިޓަލުގައި ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.

މައުރޫފް ވިދާޅުވީ އެ އިހުތުޖާޖުގައި ބަންދުކުރި ބާކީ އެންމެންވެސް ޝަރުތެއްނެތި މިނިވަންކުރުމަށް ގޮވާލާކަމަށެވެ. މައުރޫފް ވިދާޅުވީ މަސްވެރިންނާއިއެކު އެކަށީގެންވާ މަޝްވަރާއެއް ކޮށް، އެމީހުންގެ ކަންބޮޑުވުންތައް ދެނެގަނެ ހައްލުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

މައުރޫފް ވިދާޅުވީ އެއީ ޒިންމާދާރު އަދި ތަހުޒީބީ ސަރުކާރެއްގެ ހައިސިއްޔަތުނ ްކުރަން ޖެހޭ ކަމެއް ކަމަށެވެ. މަސްވެރިންގެ މުޒާހަރާގެ ތެރެއިން މިދިޔަ ބުރާސްފަތި ދުވަހު މައުރޫފު ހައްޔަރުކޮށްފައި ވަނިކޮށް، އޭނާ ހޮސްޕިޓަލަށް ގެންގޮސް އެމެޖެންސީއެއްގައި އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މައުރޫފް އާއި އަދި އިތުރު ފަރާތްތަކުން ހައްޔަރު ކުރުމާއި ގުޅިގެން އެމްޑީޕީން ބަޔާނެއްވެސް ނެރެފައިވެއެވެ. އެ ބަޔާނުގައި އެމްޑީޕީން ބުނީ އެމީހުން ބަންދުގައި ބަހައްޓައިފައި ތިބީ ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ގާނޫނުތަކާއި ގަވާއިދާއި ހިލާފަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: