ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިދޭސީންނަށް ހާއްސަކޮށްގެން ލަންކާ ލަޔަންސް ފުޓްސަލް ކަޕް 2025 ބާއްވައިފި

ބިދޭސީންނަށް ހާއްސަކޮށްގެން ބޭއްވި ލަންކާ ލަޔަންސް ފުޓްސަލް ކަޕް 2025 / ފޮޓޯ| ލަންކާ ލަޔަންސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ހާއްސަކޮށްގެން އިންތިޒާމުކުރި ލަންކާ ލަޔަންސް ފުޓްސަލް ކަޕް 2025، ކާމިޔާބުކަމާއެކު ބާއްވައިފިއެވެ.

މާލޭގައި ކުރިއަށް ގެންދިޔަ މި މުބާރާތް އިންތިޒާމުކުރީ ލަންކާ ލަޔަންސް ޓީމާއި، ރާއްޖޭގައި ދިރިއުޅޭ ސްރީލަންކާގެ ކޮމިއުނިޓީ ގުޅިގެންނެވެ. މީގެ މަގުސަދަކީ ފުޓްސަލް މެދުވެރިކޮށް އެއްބައިވަންތަކަމާއި، ކުޅިވަރުގެ ރޫހާއި، ގިނަ ނަސްލުތަކުގެ މެދުގައި އޮންނަ އެކުވެރިކަން އިތުރުކުރުން ކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.

މި މުބާރާތުގައި 24 ޓީމު ބައިވެރިވެފައިވާއިރު، 4 ގައުމަކުން ވަނީ ވާދަކޮށްފައެވެ. އޭގެތެރޭގައި ލަންކާ، ބަންގްލަދޭޝް، އިންޑިއާ އަދި ނޭޕާލް ހިމެނެއެވެ. މި މުބާރާތް ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާއި، ހަށިހެޔޮކަމާއި ބެހޭ ވަޒީރު، އަބްދުﷲ ރާފިއުއާއި ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރިޒްވީ ހަސަންއެވެ.

މި މުބާރާތުގެ ޓައިޓްލް ސްޕޮންސަރަކީ ރެޑްލައިންސް ޝިޕިންގ އެންޑް ލޮޖިސްޓިކްސްއެވެ. މި މުބާރާތަކީ ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި އޮންނަ އެކުވެރިކަމާއި، ގުޅުންތަކާއި، ކޮމިއުނިޓީގެ ރޫޙު ދައްކުވައިދިން މުބާރާތެއް ކަމަށް އެޓީމުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: