ހައިކޯޓަށް ދެ ފަނޑިޔާރުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނުކޮށްފި އެވެ.
ހައިކޯޓުގެ ދެ ފަނޑިޔާރެއްގެ މަގާމު ހުސްވެފައި ވަނީ އެ ކޯޓުގެ އެންމެ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޓަޔަރ ކުރެއްވުމާއި ގުޅިގެންނެވެ.
ޖޭއެސްސީ ބުނި ގޮތުގައި ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެވޭނީ އިސްލާމީ ޝަރީއާ ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށް ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށެވެ.
ހައިކޯޓުގެ ފަނޑިޔާރުންގެ އަސާސީ މުސާރައަކީ 45،700 ރުފިޔާ އެވެ. އަދި ލިވިން އެލަވެންސްގެ ގޮތުގައި 18،000 ރުފިޔާއާއި، ރިސްކް އެލަވެންސްގެ ގޮތުގައި 3،300 ރުފިޔާ ލިބިވަޑައިގަންނަވާނެ އެވެ.
ޖޭއެސްސީން ބުނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝައުގުވެރިވާ ފަރާތްތަކަށް، މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ.

