ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ވިޔަފާރިވެރިންނާއި ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ، މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނ. ބުދަ ދުވަހުގެ ރޭ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

މި ބައްދަލުކުރެއްވުން އޮންނާނީ ބުދަ ދުވަހުގެރޭ 8:30 ގައި ސޯޝަލް ސެންޓަރުގައެވެ.

މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި ހިޔާލާއި މަޝްވަރާ ހޯއްދައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކޮށް ބޭނުންވާ ކަންކަން ސީދާ ރައީސުލްޖުމްހުރިއްޔާއަށް ހުށަހެޅުމަށްޓަކައި ކުރިޔަށް ގެންދާ ސިލްސިލާތަކުގެ ބައްދަލުވުމެކެވެ.

ވިޔަފާރިވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި، އިގްތިސާދީ ދާއިރާ ތަރައްގީ ކުރުމަށްޓަކައި ކުރެވިދާނެކަންކަމާ ގުޅޭގޮތުން  މަޝްވަރާކުރުމުގެ ފުރުސަތު މި ބައްދަލުކުރެއްވުމުގެ ތެރެއިން ލިބިގެންދާނެއެވެ.

ބުދަ ދުވަހުގެ ރޭގެ މި ބައްދަލުވުމުގައި ބައިވެރިވުމަށް ރައީސް އޮފީހުން ވަނީ ހުރިހާ ވިޔަފާރިވެރިންނަށް ވެސް ދައުވަތު އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: