ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބުރާސްފަތި ދުވަހު ރައީސް ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ!

ރައީސުލްޖުމްހޫރިއްޔާ، މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މި ހަފްތާގެ ބުރާސްފަތި ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާއި ބައްދަލު ކުރައްްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވި ގޮތުގައި ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 2 ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން  18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަަހުގެރޭ 20:30 ގައި ޞަލާޙުއްދީންސްކޫލްގައި އޮންނާނެއެވެ.

އެހެންކަމުންން ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުން ވެސް މި ބައްދަލުވުމުގައި ބައިވެރިވުމަށް ހީނާ ވަނީ އެދިވަޑައިގެންފަ އެވެ.

މާލޭގެ ރައްޔިތުންނާއި މާލެ ސިޓީގައި ދިިރިއުޅޭ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމުގެ ގޮތުން ރައީސް ވަނީ ސިލްސިލާ ބައްދަލްވުންތަކެއް ބާއްވަވަން ފައްޓަވާފައެވެ. މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސް މުއިއްޒު ފަށްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި، ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމެވެ.

މާލޭގެ ވަކިވަކި އަވަށްތަކަށް އަމާޒުކޮށް މިފަދަ ބައްދަލުވުންތަކެއް ބާއްވަވަން ނިންމެވިކަން ރައީސް ޑރ. މުއިއްޒު އިއުލާން ކުރެއްވީ ސަރުކާރަށް ދެ އަހަރުވީ ދުވަސް ކަމަށްވާ ނޮވެމްބަރު މަހުގެ 17 ގައެވެ. މި ސިލްސިލާގެ ދަށުން ރައީސް ވަނީ މިހާތަނަށް ވިލިމާލެ، މާފަންނު ، ހެންވޭރު އަދި މައްޗަންގޯޅީގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު 16 ވާ އަންގާރަ ދުވަހުގެރޭ 20:30 ގައި ޢިމާދުއްދީން ސްކޫލްގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ބައްދަލުކުރެއްވުންތަކުގައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި، އެފަރާތްތަކުގެ ޝަކުވާތައް ރައީސް ގެންދަވަނީ ސީދާ އަޑުއައްސަވަމުންނެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހުގައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާފައިވެއެވެ. އެގޮތުން އެމަނިކުފާނު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާއި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވައިފައެވެ. ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ މުހިންމު ބައެކެވެ.

އެގޮތުން ވިލިމާލެ އާއި މާލޭގެ ހުރިހާ އަވަށްތަކާއި ހުޅުމާލެ ދެ ފިޔަވަހީގެ ރައްޔިތުންނާއި ވަކީން ބައްދަލު ކުރައްވަން ވަނީ ނިންމަވާފަ އެވެ. ބައެއް އަވަށްތަކުގެ ބައްދަލްވުންތައް ބާއްވާފައިވާއިރު އެ ބައްދަލްވުންތަކުގައި ރައްޔިތުން ބޭނުންވާ ހުރިހާ ޝަކުވާއަކާއި ކަންބޮޑުވުންތަކާއި ޝުޢޫރުތަކާއި ޚިޔާލުފާޅުކުރުންތަކަށް ފުރުސަތު ދެއްވިއެވެ. އަދި އެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ސުވާލުތަކަށް ސީދާ ރައީސް ޖަވާބު ދެއްވާކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: