ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން އަށް ރައްޔިތުން ޙުކުމް ކޮށްފި: ސަލީމް

ޕީޕިއެމް، ޕީއެންސީގެ ޖަލްސާގައި ސަލީމް ވާހަކަދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތުގައި ރައްޔިތުން ޙުކުމެއް ކޮށްފައިވާ ކަމަށާ، އެ ހުކުމަކީ އެ މައްސަލަ ރައީސް ޔާމީންގެ މައްޗަށް ސާބިތު ނުވުން ކަމަށް، ޕީޕިއެމްގެ ޕީޖީ ލީދަރ އަދި އޭދަފުށީ ދާއިރާ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އަށް ކުރާ ޝަރީއަތަކީ، ސިޔާސީ ދައުވާއެއްގެ މައްޗަށް ކުރާ ޝަރީއަތެއް ކަމަށާ، އެކަން ދިވެހި ހުރިހާ ރައްޔިތުންނަށް އެނގި ހާމަވަމުންދާ ކަމަށް ސަލީމް ވިދާޅުވިއެވެ. އެ ޝަރީއަތަކީ ރައްޔިތުން ލައިވްކޮށް ބެލި ޝަރީއަތަކަށް ވާއިރު، އެ މައްސައިގެ ޝަރީއަތުގައި ކަންކަން ހިނގާ ގޮތް ރައްޔިތުންނަށް އޮޅުވާ ނުލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން އަށް ހުކުމް ކުރުމަށް ފަހު އެހެން ފަރާތްތަކަށް ޝަރީއަތް ކުރަން އަވަސް ވެގަންނާނެ ކަމަށާ، އެކަމަށް ރައްްޔިތުން ފުރުސަތު ދީގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

“ ރައީސް ޔާމީން އަށް ކޮންމެ ގޮތަކަށް ވެސް ހުކުމްކޮށްފާނެ. އެހުކުމް ކޮންމެ ގޮތަކަށް ކުރަން ފުރުސަތު ދީގެން ނުވާނެ. ފުރަތަމަ އެ ދިމާކުރަނީ އަޅުގަނޑުމެންގެ ލީޑަރާއި. އެ ހުކުމް ކުރުމަށް ފަހު ދެން ދިމާ ކުރާނީ ދެން ތިބި މީހުންނާ“ ސަލީމް ވިދާޅުވިއެވެ.

ރައްޔިތުން ދޫދީފި ނަމަ ކެހި ލިބެން ލަސް ނުވާނެ ކަމަށާ، މި ވަގުތަކީ އިހުތިޖާޖަށް ނުކުންނަންވީ ވަގުތު ކަމަށް ވެސް ސަލީމް ވަނީ ވިދާޅުވެފައެވެ. ސަރުކާރުން ބޭނުން ވަނީ ރައީސް ޔާމީންގެ ނަން މުޅި ގައުމުން ފޮހެލަން ކަމަށާ، އެ ނޫން ގޮތަކަށް އެ ފަރާތްތަކަށް ކުރިއަށް ދެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް ޔާމީން އާއި މެދު މި ސަރުކާރުން ވަނީ ހަސަދަވެރިވެފައި ކަމަށާ، އެއީ ރާއްޖެ އަށް ގެނައި ތަރައްޤީގެ ސަބަބުން އޮތް ހަސަދަވެރިކަމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: