ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮންޑައި ބީޗްގައި ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ބޮންޑައި ބީޗްގައި ދިން ހަމަލާ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮސްޓްރޭލިއާގެ ބޮންޑައި ބީޗުގައި ބަޑިން ހަމަލާދީ އެތައް ބަޔަކު މަރާލި ހާދިސާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

މަޝްހޫރު ބޮންޑައި ބީޗުގައި ބަޑިޖަހައި ދިން މި ހަމަލާތަކުގައި 12 މީހަކު ވަނީ މަރާލާފަ އެވެ. އަދި ހަމަލާގައި 50 މީހަކު ޒަހަމްވެފައި ވެފައިވާކަމަށް ބޭރުގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.

މަރުވި މީހުންގެ ތެރޭގައި ހަމަލާ ދިނުމުގައި ބައިވެރިވި ދެ މީހުންގެ ތެރެއިން އެކަކު ހިމެނެ އެވެ. އަދި ދެވަނަ މީހާއަށް ވެސް އަނިޔާވެފައި ވާތީ، އޭނާއަށް ދަނީ ފަރުވާ ދެމުންނެވެ.

ފޮރިން މިނިސްޓްރީން މިއަދު އާންމު ކުރި ބަޔާނުގައި ބުނީ، ބޮންޑައި ބީޗުގައި ދިން ޓެރަރިސްޓު ހަމަލާ ކުށްވެރި ކުރާކަމަށެވެ. އަދި ކުށެއް ނެތް އެތައް އާންމު ބަޔަކު މަރާލި މިފަދަ ފިނޑި އަމަލުތަކަށް އެއްވެސް މުޖްތަމައުއެއްގައި ޖާގަ ދީގެން ނުވާނެކަމަށް ވަނީ ބުނެފަ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މިފަދަ ޓެރަރިޒަމް އަމަލުތަކާއި ދެކޮޅަށް ވަކާލާތު ކުރުމުގައި ދިވެހި ސަރުކާރުން އަބަދުވެސް ދެމިތިބޭނެ ކަމަށެވެ.

އޮސްޓްރޭލިއާގެ ގަޑިން އިރުއޮއްސުނު ވަގުތު މި ހަމަލާ ދީފައި ވަނީ، ޔަހޫދީންގެ ފެސްޓިވަލްއެއް ފާހަގަކުރަމުން ދަނިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: