ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަންގެ ރިޕޯޓާއި އެކު ރައުދާގެ އާއިލާގެ އެތައް ޝަކުވާތައް ބަންޑުންކޮށްލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގައި ތައުލީމް ހާސިލްކުރަމުން ދިޔަ ދިވެހި މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލައިގައި މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ލިޔުނު ރިޕޯޓްގައި ވާ ބައެއް މައުލޫމާތު މީޑިއާގައި ފެންމަތިވުމާއި އެކު އޭނާގެ އާއިލާއިން މިވަނީ އެ ކޮމިޝަނާއި ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފައެވެ.

އެގޮތުން ރައުދާގެ އާއިލާއިން ނެރުނު ބަޔާނުގައި، ކޮމިޝަންގެ އެ ރިޕޯތްގައި ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށް މިހާތަނަށް އެނގޭ މައުލޫމާތުން ހާމަވާއިރު، އެކަން ކޮމިޝަނުން ނިންމީ ކިހިނެތްތޯ ރައުދާގެ އާއިލާއިން ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ރައުދާގެ ކްރައިމް ސީނަށް ކޮމިޝަންގެ އެއްވެސް މެމްބަރަކު ނުގޮސް އެކަން ތަހުގީގު ކުރި ގޮތާއި މެދުވެސް އޭނާގެ  އާއިލައިން ވަނީ ސުވާލު އުފައްދާފައެވެ. އަދި ރައުދާގެ މަރު ތަހުގީގުކުރަން އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބެޗް މޭޓުންނާއި ސުވާލު ކުރުމުން ނުފުދޭކަމަށް ދޭހަވާ މޭރުމަކުން ރައުދާގެ އާއިލާގެ ބަޔާނުގައިވެއެވެ.

ރައުދާ މަރުވީ ދަންޖެހިގެން ކަމަށް އެންމެ ފުރަތަމަ ހެދި އޮޓޮޕްސީންވެސް ދެއްކި އެވެ. ނަމަވެސް ރައުދާ އަމިއްލައަށް މަރު ނުވާނެ ކަމަށާއި ބަޔަކު އޭނާ މަރާލީކަމަށް ބުނެ އާއިލާއިން މައްސަލަ ހުށަހެޅުމުން ރައުދާގެ ހަށިގަނޑު ނަގައިގެން ދެ ވަނަ އޮޓޮޕްސީއެއް ވެސް ބަންގްލަދޭޝްގެ ފުލުހުން ހެދިއެވެ.  ރައުދާ މަރުގެ މައްސަލަ ތަހުގީގުކޮށް، ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓް ވަނީ މިދިޔަ ހަފުތާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ހިއްސާ ކުރައްވައިފައިވާއިރު ރައުދާގެ އާއިލާއިން މަރުތަކާއި ބެހޭ ކޮމިޝަނުން ކުރި މަސައްކަތާއި މެދު ވަނީ ސުވާލު އުފައްދާފައެވެ.

އަދި ރައުދާއަށް ޓްވިޓަރއިން، އިންޒާރު ދިން ކެރަފާ ވަސީމާގެ ޓްވިޓަރ އެކައުންޓުން ރައުދާ މަރުވި ރޭ އޭނާއަށް ފޮނުވި މެސެޖްގައި، ”ކަލޭ އަބަދުގެ އަބަަދަށް މާފޮޅެން ﷲގެ ހަޟުރަތަށް ދާއިމަށް ފޮނުވާލާނެ ކަމަށް“ ބުނެފައިވާއިރު އެކަން ބަލާފަ ނުވާކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ. އެ މެސެޖްގައި އެހެން ބުނާއިރު، ރައުދާ އަމިއްލައަށް ނިންމީ ކޮމިޝަނުން ކޮންކަމެއް ބެލުމަށް ފަހުގައިތޯ ވެސް އޭނާގެ އާއިލާއިން ވަނީ ސުވާލުކޮށްފައެވެ. ކެރަފާ ވަސީމާ އާއި މަރުތަކާއި ބެހޭ ކޮމިޝަނުން ސުވާލު ކުރި ކަމަށް ބުނާއިރު، ޝައްކު ކުރެވެ ހޮސްޓެލްގެ މުވައްޒަފުންނާއި ބެޗް މޭޓުންނަށް ތަހުގީގު ނުހިންގާ ގޮތް ނިންމާފައި ވަނީ ފިނި ކޮޓަރީގައި ތިބެގެން ކަމަށް ވެސްއާއިލާއިން ބުނެއެވެ.

ބަންގްލަދޭޝްގެ ކަމާގުޅޭ އިދާރާތަކާއި އިތުރު މައުލޫމާތުތައް ހޯދައިގެން ކޮމިޝަނުން ތަހުގީގު ކުރި މައްސަލަ ނިންމާފައިވަނީ ބަނގްލަދޭޝްގެ ޕޮލިހުންގެ ތަހުގީގާ އެއްގޮތަށެވެ. ރައުދާ މަރުވެފައިވަނީ އަމިއްލައަށް ކަމަށެވެ. އެ ގައުމުގެ ފުލުހުން ނިންމީ ރައުދާ މަރުވީ އަމިއްލައަށް ކަމަށާއި އޭނާ އެ ކަންތައް ކުރީ ލޯބިވެރިޔާއާ ޖެހުނު މައްސަލަތަކަކާ ގުޅިގެން ކަމަށެވެ. ރައުދާގެ ލޯބިވެރިޔާ އަކީ އިނގިރޭސި ވިލާތުގައި ކިޔަވަން ހުންނަ މީހެއް ކަމަށްވެސް ފުލުހުންގެ ރިޕޯޓްގައި ބުނެފައިވެ އެވެ. އަމިއްލައަށް މަރުވިކަން އޮޓޮޕްސީ ރިޕޯޓުން ދައްކާއިރު ރައުދާގެ ފޯނާއި ލެޕްޓޮޕުން އަދި އެހެން ގޮތްގޮތުން ލިބުނު މައުލޫމާތާ ހާދިސާ ހިނގައިދިޔަ ގޮތާ ދިމާވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ރައުދާގެ އާއިލާ އިން ވަނީ އާއިލާއިން ބޭނުންވީ ރައުދާ މަރުވީ އަމިއްލައަށްތޯ ބަލަން ނޫން ކަމަށާ ޖަވާބު ބޭނުންވާ ސުވާލުތަކަށް ޖަވާބު ނުލިބޭ ކަމަށްވެސް ބުނެފައެވެ. ރައުދާގެ ކަރުގައި ބެލްޓެއް އެޅުވުމުން ހުންނަ ކަހަލަ ނިޝާން ހުރި ކަމަށް އާއިލާއިން ބުނެއެވެ. އަދި ތަޅު ހަލާކު ނުކޮށް ހޮސްޓެލްގެ ފަރާތްތަކުން ކޮޓަރިއަށް ވަތް ގޮތާއި، ފުލުހުންނާންނަނީސް ރައުދާ ދަންޖެހިފައި ހުއްޓާ ތިރިކުރި ސަބަބު ނޭނގޭތީ ވަރަށް ބޮޑަށް އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: