ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުމުރުން 14 އަހަރުގަ އެތީސްޓެއް، އޭގެ ފަހުން އިސްލާމްވުމަށްފަހު، މިހާރު ﷲ އަށްޓަކާ ފިލްމުކުޅުން ހުއްޓާލި ހަމްޒާގެ ވާހަކަ

ހަމްޒާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމްޒަާ ޢަލީ އައްބާސީ އަކީ ޕާކިސްތާނުގެ މަޝްހުރު ފިލްމު އެކްޓަރެކެވެ.2006 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނިކުތް ހަމްޒާ އަކީ ޕާކިސްޓަނުގައި މަޤުބޫލު އެކްޓަރެކެވެ.

ފިލްމުކުޅުމުގެ އިތުރުން މަޝްހޫރު ގިނަ ޓީވީ ސިލްސިލާ ތކުގައި ލީޑު ރޯލް ކުޅެމުން އައި ހަމްޒާ އެންމެ ބޮޑަށް ފާހަގަވެފައިވަނީ ޑްރާމާ ސީރީޒް ”ޕިޔާރޭ އަފްޒަލް“ ގެ އަފްޒަލްގެ ރޯލުންނާއި ، ”މަން މަޔަލަ“ ގެ ސަލާޙުއްދީންގެ ރޯލުންނެވެ. ގިނަ ފިލްމުތަކެއް ކުޅެމުން2013 ވަނަ އަހަރު އޭނާ ވަނީ ފިލްމު ޑައިރެކްޓް ކުރަންވެެސް ފަށާފައެވެ. 

2017 ވަނަ އަހަރު ހަމް ޓީވީ އެވާޑްސްގައި ”ބެސްޓް ޕޮޕިއުލަރ އެކްޓަރ“ ،“ބެސްޓް އޮން ސްކްރީން ކަޕްލް“ގެ އެވާޑު ހާސިލުކުރިއިރު،2015 ވަނަ އަހަުގެ ލަކްސް ސްޓައިލް އެވާޑްސް ގެ ”ބެސްޓް ޓީވީ އެކްޓަރ“ ކަން ހޯދާފައިވާއިރު،2014،އާއި2016 ވަނަ އަހަރު ”އޭއާރުވައި ފިލްމު އެވަރޑްސް“ ގައި ބެސްޓް ސަޕޯޓިންގ އެކްޓަރ ކަމުގެ މަގާމު ވެސް ހަމްޒާ ވަނީ ހާސިލުކޮށްފައެެވެ.

ފިލްމުކުޅުމާއި ޑްރާމާ ކުޅުމަށް މަޝްހޫރުވެ އެތައް ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ ހަމްޒާ މިވަނީ ދިރިއުޅުމުގައި ކުރިޔަށް ދިިޔުމަށް ވަރަށް ބޮޑު ނިންމުމެއް ނިންމާފައެވެ. ދާދި ފަހުން ކައިވެންޏެއްކޮށްފައިވާ އުމުރުން35 އަހަރުގެ ހަމްޒާ މިވަނީ އޭނާ ފިލްމުކުޅުން ހުއްޓާލިކަން އާންމުކޮށް އިއުލާނުކޮށްފައެވެ. އޭނާ ފިލްމުކުޅުން ހުއްޓާލި ސަބަބެއްގެ ގޮތުގައި ފާހަގަ ބުނެފައިވަނީ، އޭނާ ބޭނުންވަނީ ﷲ އެންގެވި މަގުގައި އުޅުމަށްކަމަށެވެ. އަދި އޭނާ ބޭނުންވަނީ ހުރިހާ ވަސީލަތެއް މެދުވެރިކޮށްގެން އިސްލާމްކަން ފެތުރުން ކަމަށާޢި، މުސްތަޤުބަލުގައި ފިލްމެއް ނުވަތަ ޑޮކިއުމެންޓްރީއެއް ޕްރޮޑިއުސް ކުރިޔަސް ކުރާނީ އިސްލާމްދީނާއި ގުޅޭގޮތުންނާއި، އަމަން ކަމާއި ސުލްހަމަސަލަސްކަމާއި ގުޅޭގޮތުންކަމަށެވެ.

އުމުރުން14 އަހަރުގަ ހަމްޒާއަކީ އެތީސްޓެއް!

ޔޫޓިއުބް މެދުވެރިކޮށް ހަމްޒާ ދީފައިވާ އިންޓަވިއުގައި އޭނާ ވަނީ އިސްލާމްދީންގެ ހިދާޔަތް ލިބުނުގޮތް ހިއްސާކޮށްފައެވެ. އެގޮތުން އޭނާއަކީ ފުރާވަރަށް އަޅައިގެން އައިއިރު އެއްވެސް ދީނެއް ޤަބޫލުނުކުރާ އެތީސްޓެއްކަން އޭނާ ފާހަގަކުރިއެވެ. އުމުރުން14 އަހަރުގަ އޭނާއަކީ އެތީސްޓެއްކަމަށާއި، ދީން ތަކުގެ މެދުގައި އޭނާ އަޅާކިޔާ ފަރަގު ކޮށް ދިރާސާކުރުމުން އޭނާއަށް އިސްލާމްދީނަށް ރުޖޫއަވުމަށް ހިއްވަރު ލިބިގެން ދިޔައީކަމަށެވެ. އަދި އޭގެ ފަހުން އޭނާއަކީ މުސްލިމެއްކަން ފަހުރުވެރިކަމާއެކުގައި އޭނާ ބުންޏެވެ.

އެކްޓް ކުރުމަކީ އަޅުކަންތަކާއި ދުރުކުރުވާ ބޮޑު ފާފައެއް!

ހަމްޒާ ބުނީ އެކި މީހުން އެކި ފާފަތަކަށް އަރައިގަނެ އަޅުކަން ކުރުމާއި ވަރަށް ބޮޑަށް ދުރުވާކަމަށެވެ. އެގޮތުން އޭނާ ކުރަމުން ދިޔަ ފާފަ އަކީ އެކްޓްކުރުން ކަމަށާއި، އެކަމުގެ ސަބަބުން ﷲ އާއި ދުރަށް ދެވިފައިހުރިވަރު އިހުސާސް ކުރެވިއްޖެކަމަށެވެ. އަދި އެކަންކަމަކީ އިސްލާމް ދީނުގައި ދަސްކޮށްދީފައިވާ ކަންކަން ނޫންކަމަށްވެސް ހަމްޒާ ފާހަގަކުރިއެވެ.

އުމުރުގެ ބާކީ ބައި ހޭދަކުރަން ބޭނުންވަނީ އިސްލާމްކަން ފެތުރުމުގަ!

ހަމްޒާ ބޭނުންވަނީ އުމުރުގެ ބާކީ ބައި ﷲގެ މަގުގައި ހޭދަކުރުމަށެވެ. އެގޮތުން މީސް މީޑިއާގެ އެކި މަންސަތައް ކަމުގައިވާ ، ފޭސްބުކް، އިންސްޓަގްރާމް، ޔޫޓިއުބު، ޓްވިޓަރ އަދި އޭގެ އިތުރުން ޓީވީ ޕްރޮގްރާމްތަކުގައި އިސްލާމްކަން ފަތުރާ ޤުރުއާނާއި ހަދީޘް ފެތުރުމުގައި ދެމިހުންނާނެކަން އޭނާ އިއުލާނުކުރިއެވެ. 

މާތް ﷲ ހަމްޒާއަށް ހެޔޮ ރަޙްމަތްލައްވާށިއެެވެ. އަދި ސާބިތުކަންމަތީގައި ދެމިހުރުމުގެ ހެޔޮ ތައުފީގު ދެއްވާށި. އާމީން

https://youtu.be/guI0xG8lLcE

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: