ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ އިސްކަމެއް ދެނީ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން: ހޯމް މިނިސްޓަރ

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ:ފައިލްފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އޮފިސަރުންނަށް ދެވޭ ހުނަރާ ތަމްރީނަކީ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށްޓަކައި މިއަދުގެ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައްކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސގެ 23 ވަނަ އަސާސީ ތަމްރީނި ޕްރޮގްރާން ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

އޮފިސަރުންނާ މުހާޠަބުކުރައްވާ މިނިސްޓަރ ވިދާޅުވީ ޖަލުތަކުގެ ހާލަތު ބަދަލުކުރެވޭނީ ކޮންމެ ދުވަހަކު ޤައިދީންނާ ބައްދަލުވާ އޮފިސަރުންގެ ވިސްނުން ބަދަލުކޮށްގެންކަމަށެވެ. އެއޮފިސަރުންނަކީ ފުރިހަމަ ތަމްރީނާއި، ތަޖުރިބާ ލިބިގެންވާ ބަޔަކަށް ހެދިގެންކަމަށެވެ. މިނިސްޓަރ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ބައިތިއްބަންޖެހޭ މީހުންގެ ކަންކަން ބެލެހެއްޓުމުގައި އެންމެބޮޑު ސަމާލުކަމެއްދެވި އެންމެބޮޑު ބަދަލެއް ގެނެވެން އަންނަނީ އޮފިސަރުންގެ ވިސްނުމާ ތަރައްޤީ ކުރިއަރައިގެންކަމަށެވެ.

“ އޮފިސަރުންގެ ކިބައިގައި އިންސާނީ ހައްޤުތަކަށް ކަރާމާތްތެރިކޮށް ހިތުމާއި، އިންސާނީ ކަރާމާތް ރައްކާތެރިކުރުމުގެ ރިވެތި ސިފަތަކާއި މާތް އަޚްލާޤު އޮފިސަރުންގެ ކިބައިގައި އަށަގެންނެވިގެން. އެހެންކަމުން އަޅުގަނޑުމެންގެ މިމަސައްކަތުގެ އެންމެ އިސް އެއް އަމާޒކީ ފުރިހަމަ ތައުލީމާ ހުނަރާ ތަމްރީނު ލިބިގެންވާ ރިވެތި އަޚްލާޤުގެ ސިފަ ލިބިގެންވާ އޮފިސަރުން ތައްޔާރުކުރުން.“ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަޞްޢޫލިއްޔަތު އަދާކުރުމުގައި އޮފިސަރުންނަށް ކޮންމެ ދުވަހަކު ގޮންޖެހުންތަކާ ކުރިމަތިވާކަން ޤަބޫލުކުރައްވާކަމަށާއި، އެހެންނަމަވެސް އެކަމުގައި ހިތްވަރާ ކެރުންތެރިކަމާ ސާބިތުކަމާއެކު ނިކުމެ މަސައްކަތްކުރިމަކީ އޮފިސަރުންގެ ޤައުމީ އަދި މުއައްސަސާގެ އަދި ދީނީ ވާޖިބެއްކަމަށެވެ. ކޮންމެ ޤައިދީއެއްގެ ފަހަތުގައި އާއިލާއެއް އޮންނާނެކަމާއި، އެއިން ކޮންމެ މީހަކީ ބައްޕައެއް ނުވަތަ މަންމައެއްކަން އަބަދުވެސް ހަނދާނުގައި ބެހެއްޓުމަށް އޮފިސަރުންނަށް މިނިސްޓަރ އިލްތިމާސްކުރެއްވިއެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި 59 އޮފިސަރުން ޕާސް އައުޓްވެ، ހުވާކުރިއެވެ.އޭގެތެރެއިން ހުރިހާ ގޮތަކުން އެންމެ ރަނގަޅު އޮފިސަރަކަށް ހޮވުނު ހުސެއިން ޞަބާހުއަށް ސެޓްފިކެޓާއި، ޝީލްޑް އަދި ބެރޭ ހަވާލުކޮށްދެއްވީ މިނިސްޓަރ ޢިމްރާން ޢަބްދުﷲއެވެ.

ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބުދުﷲ މުނާޒުވެސް ވާހަކަދެއްކެވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: