ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި އެކު އެއާ ކާގޯ ޑެމަރޭޖް ނާރާ ވަގުތު 124 ގަޑިއިރަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ވައިގެ މަގުން ރާއްޖެއަށް ގެންނަ މުދާ ކްލިއާކުރުމުގައި ވިޔަފާރިވެރިންނަށް ދިމާވަމުންދިޔަ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުން، ޑެމަރޭޖް ނާރާ ހިލޭ މުދާ ބެހެއްޓޭ ވަގުތު 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ

ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމެއްގައި ބައެއް ފަރާތްތަކުން ވައިގެ މަގުން ގެންނަ މުދާ ކްލިއާކުރުން ލަސްވުމުގެ ސަބަބުން ޑެމަރޭޖަށް ބޮޑު އަދަދެއް ދައްކަން ޖެހޭ ކަމުގެ ޝަކުވާ ހުށަހެޅި އެވެ. ވިޔަފާރިވެރިން ފާހަގަކުރެއްވި ގޮތުގައި، އެއާޕޯޓްގައި ހިލޭ މުދާ ބެހެއްޓެނީ 80 ގަޑިއިރަށްކަމަަށްވުމާއި އެކު، މި ވަގުތުގެ ތެރޭގައި މުދާ ނެރެވޭނެ ލުއި އިންތިޒާމްތައް ނެތުމުގެ ސަބަބުން، ކޫރިއާ ހިދުމަތްދޭ 12 ކުންފުނިން ކޮންމެ ދުވަހަކު ގެންނަ މުދާ ކްލިއާ ނުކުރެވުމުން ގިނަ އަދަދެއްގެ ފައިސާ ޑެމަރޭޖްގެ ގޮތުގައި ދައްކަން ޖެހެއެވެ.

މި މައްސަލައަށް ހައްލެއް ނުލިބޭތީ، ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި އިކޮނޮމިކް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީ އަދި ރައީސް އޮފީހަށް ވެސް ޝަކުވާ ހުށަހަޅާފައެވެ.

މި މައްސަލައިގައި ރައީސް މުއިއްޒު ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ކަމާބެހޭ ބޭފުޅުންނާ މަޝްވަރާކުރައްވައި ގެވެން އޮތް ހައްލަކީ ކޮބައިތޯ ބައްލަވާފަ އެވެ. އަދި ވިދާޅުވީ، އެމްއޭސީއެލްގެ ފަރާތުން މިކަމުގައި އުޅޭ ފަރާތްތަކާއި، އެ ހޯލުގައި މަޝްވަރާކޮށް 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލު ގެނެވޭނެ ކަމަށެވެ.

މީގެ އިތުރުން، އެމްއޭސީއެލް އާއި ކަސްޓަމްސް ގުޅިގެން މުދާ ކްލިއަރިންގެ މަސައްކަތަށް މިހާރު އޮންނަ ގާތްގަނޑަކަށް 18 ގަޑިއިރުގެ ހިދުމަތް، ރައުންޑް ދަ ކްލޮކް 24 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވަނީ ބޭރުން މުދާ ގެންނަ ވިޔަފާރިވެރިންނަށް އެއާޕޯޓް އަދި ސީޕޯޓުތަކުގައި ދިމާވާ ހުރިހާ ދަތިތަކެއް ހައްލުކޮށްދިނުމަށް އެކަމުގައި މަޝްވަރާކޮށްގެން ހައްލު ގެނެސްދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: