ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮސޯވޯގެ މައްސަލަ މަޖިލީހަށް ބެލިދާނެ ކަމާ މެދު ސުވާލު އުފައްދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުން ކޮސޯވޯގެ މިނިވަންކަން ބަލައިގަތުުުމާއި، އެ ކަން ރަސްމީކޮށް އިއުލާން ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ އަމަލުތަކެއް ހިންގި ކަމުގެ ތުހުމަތު ކުރެވޭތީ އެ ކަން ހިނގާފައިވާ ގޮތް ބަލައި ކަށަވަރު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުުރެވޭނެ ކަންކަން ކުރަން ގޮވާލައި ހުށަހެޅި ގަރާރު އެޖެންޑާ ކުރެވިދާނެ ކަމާ މެދު ސުވާލު އުފައްދައިފި އެވެ.

ކޮސޮވޯގެ މިނިވަންކަން ސަރުކާރުން ބަލައިގަތް މައްސަލާގައި މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ނޮޅިވަރަން ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.  އެ ގަރާރުގެ ފުރަތަމަ ކިއުން އިއްވުމަށް ހޯމަ ދުވަހުގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ.

އެހެން ނަމަވެސް އެ މައްސަލަ ބެލުމަކީ ރައްޔިތުންގެ މަޖިލީހުގެ އިހްތިސާސްތަކުގެ ތެރެއިން ބޭރު ކަމެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ ނުކުތާއެއް ފާހަގަ ކުރައްވައިފަ އެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ އެޖެންޑާގައި އިތުރަށް ކަމެއް ހިމަނަން ނުވަތަ އެޖެންޑާގައި ހިމެނޭ ކަމަކާ މެދު ހިތްހަމަ ނުޖެހޭނަމަ ނުވަތަ އެޖެންޑާ ބަދަލު ކުރަ އެއްވެސް މެންބަރަކު ބޭނުންވާނަމަ އެ ކަމެއް ހުށަހެޅެއްވުމުގެ ފުރުސަތު އޮވެ އެވެ. ރައީސް ނަޝީދު ވަނީ އެކަމާއި މެދު މަޖިލީހުގެ އަމީންއާމާއި މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: