އުރީދޫ ފަން ރަންގައި ބައިވެރިންނަށް އުރީދޫ މޯލްޑިވްސް އިން ފަން ރަން ދުވަހު ހަޢްސަ ”ލަކީޑްރޯ“ އެއް ކުރިއަށް ކުރިއަށްދަން ނިންމައިފިއެވެ.
އުރީދޫ ފަން ރަންގައި ބައިވެރިވާ ހުރިހާ ބައިވެރިންނަށް އޮޓަމެޓިކުން މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ އެވެ. ނަސީބުވެރި ތިން މީހަކަށް ސްރީލަންކާގެ ކޮލޮމްބޯ އަށް ދަތުރު ކުރާ ފްލައިޓް ޓިކެޓް ފިޓްސް އެއާރ ގެ ފަރާތުން ވަނީ ހުށައަޅާފައެވެ.
މީގެ އިތުރުން ނަސީބުވެރި އެކަކަށް ބޫޓްރޫމްގެ އެކްސްކްލޫސިވް ގިފްޓް ހެމްޕަރެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ބޫޓާއި ޖާޒީ އާއި ސްނޯކަލް ކިޓް ގެ އިތުރުން ވެސް ގިނަ އިނާމުތަކެއް ހިމެނެ އެވެ. މި ލަކީޑްރޯ ލައިވްކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކުގައި ހުންނަ އުރީދޫ ފަން ރަން ސްޓޭޖުގައެވެ.
އުރީދޫ ފަން ރަން އަކީ މުޖުތަމައުގެ ދުޅަހެޔޮކަމާއި އެއްބައިވަންތަކަން ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ. އުރީދޫ ފަން ރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

