ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުޕޭ ކަސްޓަމަރުންނަށް މި ފަހަރު 1 ރުފިޔާއަށް މެލްޓްޒްގެ ވަފްލްއެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިރާގު ފިންޓެކް އިން ދިރާގުޕޭ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ވަފްލް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ.

މި ހާއްސަ ޕްރޮމޯޝަންގެ ދަށުން މި ފަހަރު މި އޮފަރ ލިބިގެންދާނީ މެލްޓްޒްގެ 3 ކެފޭ ކަމަށްވާ މެލްޓްޒް ކެފޭ، މެލްޓްޒް ކެރެމަލް، އަދި މެލްޓްޒް ކްރަމްބަލްގައެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ، 20 ޑިސެންބަރު 2025 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00އިން ފެށިގެން ފުރަތަމަ 500 ކަސްޓަމަރުން ހަމަވަންދެނެވެ.

ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނަށް ވެސް، އަދި ދިރާގުޕޭ މުޅިން އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް ދިރާގުޕޭ އެޕް ޑައުންލޯޑްކޮށް ރަޖިސްޓަރީކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެއެވެ. ދިރާގުން ވަނީ ދާދި ފަހުން ވެސް 1 ރުފިޔާއަށް ކޮފީ އަދި ޝަވަރުމާ ލިބޭ ޕްރޮމޯޝަންތަކެއް ދިރާގުޕޭ މާޗަންޓުންނާއި ގުޅިގެން ކުރިއަށްގެންގޮސްފައެވެ.

މި ޕްރޮމޯޝަންތަކަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ. މިއީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިރާގުޕޭގެ މާޗަންޓުންނާއި ގުޅިގެން ކަސްޓަމަރުންނާ ހަމައަށް ތަފާތު އޮފަރތައް ގެނެސްދިނުމަށް ދިރާގުޕޭއިން ދޭ އިސްކަން ދައްކުވައިދޭ ކަމެކެވެ.

ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ މި ހާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ. އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: