ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ފްލެޓުގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 4000 ހައުސިން ޔުނިޓްގެ ކުލިތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުޑަކޮށްދެއްވައިފިއެވެ.

ހުޅުމާލެ 2 ވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ފްލެޓް ލިބިުނު ފަރާތްތަކަށް އެތަންތަން ހަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ކުރިއަށްއޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހައި ފްލެޓެއްގެ ކަންކަން ނިމި އެތަންތަން ވެރިފަރާތްތަކާއި ހަވާލުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

މިތަންތަން ލިބުނު ފަރާތްތަކުގެ މިހާރު އޮތް އެންމެ ބޮޑު ޝަކުވާއަކީ ކުއްޔާއި އެޑްވާންސް ބޮޑުވުންކަމަށް ރައީސް ވިދާޅުވިއެވެ. 3 ކޮޓަރީގެ ފްލެޓް ލިބުނު ފަރާތްތައް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހެނީ 25،000 ރުފިޔާއެވެ. އަދި 2 ކޮޓަރި ލިބުނު ފަރާތްތައް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހެނީ 15،000 ރުފިޔާއެވެ.

ރައީސް ވިދާޅުވީ، 3 ކޮޓަރި ލިބިފައިވާ ފަރާތްތަކުގެ ކުލި 10،500 ރުފިޔާއިން 10،000 ރުފިޔާއަށް ކުޑަކޮށްދެއްވާނެކަމަށެވެ. އަދި 2 ކޮޓަރި ލިބުނު ފަރާތްތަކުގެ ކުލި 7،000 ރުފިޔާއިން 6،000 ރުފިޔާއަށް ކުޑަކުރައްވާނެކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ޚިޔާލު ފާޅުކުރި ބައެއް އާންމު ރައްޔިތުން ވަނީ ފްލެޓްތަކުގެ ކުއްޔާއި ޖޫރިމަނާ ދެއްކުމުގައި ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކޮށްފައެވެ. ރައީސް ވިދާޅުވީ، އެފްޑީސީގެ ފަރާތުން އެ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެއްބަސްވުން ރިވައިޒްކޮށް އައުކުރާނެކަމަށެވެ. ހުޅުމާލެ 2 ވަނަ ފިޔަވަހިން ވިނަރެސް ފްލެޓްތައް ގަންނަން އެކި ފަރާތްތަކުން ވަނީ ލޯނުތައް ނަގާފައިކަމަށާއި އެ ފަރާތްތަކަށް ބީއެމްއެލްއިން ލުއިތަކެއް ދެމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައްވައިދިނުމަކީ އެންމެ އިސްކަންދޭ ކަންކަމުގައި ރައީސް އަބަދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ލުއިތައްވެސް ދަނީ ރައްޔިތުންނަށް ދެއްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: