ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީ ކައުންސިލުގެ ނުސީދާ ގޮވާލުން: ”ސަލަފް“ އުވާލާ!

ސިޓީކައުންސިލްގެ މޭޔަރ ސިފާ ނޫސްވެރިންނާއި ވާހަކަދައްކަވަނީ: ފޮޓޯ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެރަރިޒަމްގެ އަމަލުތަކުގައި ބައިވެރިވާ ޖަމާއަތްތަކާއި މެދު ފިޔަވަޅު އަޅަން މާލޭ ސިޓީ ކައުންސިލުން ގޮވާލައިފިއެވެ.

އެ ކައުންސިލްގައި ހިމެނޭ 12 މެމްބަރުންގެ ތެރެއިން 7 މެމްބަރުން ސޮއެކުރައްވާ ނެރުއްވި ބަޔާނުގައި ޑރ.އަފްރާޝީމް އަލީގެ މަރާއި ގުޅިގެން މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ނެރުނު ރިޕޯޓުން އެއީ ރާއްޖޭގައި ހިނގި އެންމެ އަނިޔާވެރި މަރުކަން ހާމަވާކަމަށް ބުނެފައިވެއެވެ.

އެރުޕޯޓުން ދުނިޔޭގެ ފެންވަރުގައި އޮޕަރޭޓްކުރާ ޓެރަރިސްޓް ޖަމިއްޔާ ޖަމާއަތްތަކާއި، ރާއްޖެގައި މިފަދަ ގެންގުތައް މަސައްކަތް ކުރާކަން އެނގޭ ކަމަށާ، އެއީ ނުރައްކާތެރިކަމެއް ކަމަށް އެ ބަޔާނުގައިވެއެވެ. އެހެންކަމުން އެފަދަ އަމަލުތައް ހިންގާ ޖަމިއްޔާ ޖަމާއަތްތައް ރާއްޖޭގައި ހިންގުމުގެ ފުރުސަތު ބަންދުކޮށް، އެފަރާތްތަކަށް ދެވެން އޮތް އަދަބު ދިނުމަށާއި، އެކަންކަމަށް ހިއްވަރު ލިބޭގޮތަށް މަސައްކަތް ކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ކަމާއި ބެހޭ ފަރާތްތަކަށް އެ ބަޔާނުގައި ގޮވާލާފައިވެއެވެ.

މާލޭސިޓީ ކައުންސިލްގެ ބަޔާނުގައި ސޮއިކުރައްވާފައި ވަނީ މާލޭ ސިޓީކައުންސިލްގެ މޭޔަރ ސިފާ މުހައްމަދާއި، ޑެޕއިޓީ މޭޔަރ ޝަމާއު ޝަރީފްގެ އިތުރުން، އާދަމް ޝަރީފާއި، މުހައްމަދު ފިޝާވީން ސަލީމާއި، އިބްރާހިމް މަނިކާއި، އަހުމަދު ސަމީރު އަދި ހަމްނާ ވަހީދެވެ. އަދި މުހައްމަދު ފަޒީން ޗުއްޓީގައި ހުންނެވިއިރު، ހުސެއިން ޝަރީފާއި، އަހުމަދު ނިޔާޒާއި، މުހައްމަދު ފަޒީން އަދި އަަޒްރާ މޫސާ އެ ބަޔާނުގައި ސޮއިކުރައްވާފައެއް ނުވެއެވެ.

އެ ބަޔާނުގައި ސީދާ ގޮތެއްގައި ސަލަފްގެ ނަން ނެތް ނަމަވެސް އެ ބަޔާން ނެރެފައި މިވަނީ ސަލަފްގެ ވާހަކަތަކުން އަފްރާޝީމް އަވަހާރަކޮށްލަން ހިއްވަރުދިން ކަމަށް، މަރުގެ ކޮމިޝަނުން ބުނެފައިވެއެވެ. މީގެ އިތުރުން މަޖިލީހުގެ ރައީސް ރައީސް ނަޝީދު ވަނީ ސަލަފް އުވާލަން ޖެހޭކަމަށް ވިދާޅުވެ ސަލަފްއަށް ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: