17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން އެދުނު ފުޓޭޖް ދީފައިވާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިފަދައިން ވިދާޅުވީ، ޑރ. އަފްރާޝީމް އަލީ، 1 އޮކްޓޫބަރު 2012 ދުވަހުގެ ރޭ ވަރަށް އަނިޔާވެރިކަމާއެކު އަވަހާރަކޮށްލުމާއި ގުޅިގެން މަރުގެ ކޮމިޝަނުން ކުރި ތަހުގީގަށް ފުލުހުންގެއެއްބާރުލުން ނުލިބޭކަމަށް އެކޮމިޝަނުން ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން ސަންގުޓީވީއިން ސުވާލުކުރުމުންނެވެ.
ފުލުހުން ވިދާޅުވީ ފުލުހުންގެ ފަރާތުން އެ މައްސަލައިގައި ފުރިހަމައަށް އެއްބާރުލުން ދީފައިވާ ކަމަށެވެ. މަރުގެ ކޮމީޝަނުން ޑރ.އަފްރާޝީމްގެ މަރާއި ގުޅިގެން ނެރުނު ރިޕޯޓްގައި ފުލުހުން ނުދޭ ބައެއް ފުޓޭޖް ހުރިކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ފުލުހުންގެ އެއްބާރުލުން އެންމެ ފުރިހަމައަށް ނުލިބުމަކީ ދިމާވި ގޮންޖެހުމެއްގެ ގޮތުގައި ވަނީ ސިފަކުރައްވާފައެވެ.
މަރުގެ ކޮމިޝަނުން ޑރ.އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގު ކުރީ އެކަން ރޭވި މީހުންނާއި އެކަން އެ ބަޔަކު ކުރަން ބޭނުންވި ސަބަބު ހޯދުމަށާއި އެކަމަށް ޚަރަދުކުރި ފަރާތް ހޯދުމުގެ މަސައްކަތް ހަވާލުކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް 17 ނޮވެމްބަރ 2018 ގައި އުފައްދަވާފައިވާ މަރާލާފައިވާ މީހުންނާއި، ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަން އެމައްސަލަ ބެލުމަށެވެ. އެހެންނަމަވެސް އެ ރިޕޯޓުން އެ ހުރިހާ މައުލޫމާތެއް ސާފު ނުވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އަދި މީހެ ކުރިން ޑރ.އަފްރާޝީމް އަވަހާރަކޮށްލުމުގައި ސިޔާސީ ފަރާތްތަކުގެ އަތެއްވާކަމަށް ބުނާއިރު އެ ފަރާތްތަކާއި އެއްވެސް ސުވާލެއްވެސް ކޮށްފައެއް ނުވެއެވެެ.
ޑރ އަފްރާޝީމާ ގުޅޭގޮތުން މީހުންގެ މެދުގައި ރުޅިވެރިކަން އުފައްދަން މަސައްކަތް ކުރާ ގިނަ ބައެއްގެ ވާހަކަ ތަހުގީގު ރިޕޯޓުގައި ހިމަނާފައިވެ އެވެ. އޭގެތެރޭގައި ސަލަފް ޖަމާއަތުގެ ވާހަކަ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ހަމައެހެންމެ ޑރ އަފްރާޝީމް ޓީވީ ޕްރޮގުރާމަށް އަރާވަދައިގެންނެވި ރޭ ޓީވީ ޕްރޮގުރާމް ބެލުމަށްޓަކައި އަދާލަތު ޕާޓީގެ އަފީހުގައި ބަޔަކު މީޙުން ތިބި ކަމަށެވެ. މީގެއިތުރުން ޑޜ އަފްރާޝީމް މަރާލިރޭގެ އަނެއް ދުވަހު ޑޜ ޝަހީމްވެސް ރާއްޖެއިބް ފުރައިގެން ދިޔަ ކަމަށާއި ފުރައޮގެން ދިޔަ މީޙުންގެ ތެރޭގައި ޑރ އަފްރާޝީމް މަރާލުމުގަިއ އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހުން ހިމެނޭކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. މީގެއިތުރުން ޑރ އަފްރާޝީމްގެ މަރާއޮ ގުޅުންހުރި ގިނަ ވާހަކަތަކެއް ރިޔާސީ ކޮމިޝަންގެ ރިޕޯޓޫގައި ވަނީ ފާހަގަ ކޮށްފައެވެ.

