ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ނަގައި ހައްޖަށް ގެންގޮސް ނުދިން މައްސަލާގައި މަލީޝާގެ ވެރިޔާއަށް 8 އަހަރުގެ ޖަލު ހުކުމެއް!

އިސްމާއިލް އަބްދުއްލަތީފް 8 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ހައްޖަށް ގެންގޮސްދޭން ކަމަށް ބުނެ މަލީޝާ ހައްޖު ގްރޫޕުން، 2012 ވަނަ އަހަރު ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ހައްޖަށް ގެންގޮސް ނުދިން މައްސަލައިގައި އެ ކުންފުނީގެ އޭރުގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފް 8 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ހައްޖަށް ގެންގޮސްދޭން ކަމަށް ބުނެ 2012 ވަނަ އަހަރު ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ދައުލަތުން އަބްދުއްލަތީފްގެ މައްޗަށް ކުރީ ޚިޔާނާތްތެރިވުމުގެ ދައުވާ އެވެ. އަބްދުއްލަތީފްގެ މައްޗަށްކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ހައްޖަށް ގެންގޮސްދޭނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން އޭނާ 8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގިކަމަށެވެ. އަދި އެ ދައުވާ ކޮށްފައިވަނީ 92 މީހަކު ތަހުގީގަށް ދީފައިވާ ބަޔާންތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް އެ ދައުވާގައި ބުނެފައި ވެއެވެ.

ފައިސާއިން އެއްވެސް މީހަކު ހައްޖަށް ގެންގޮސްދީފައި ނުވާކަމަށެވެ. އެ ފައިސާ އަނބުރާ ފައިސަ ދެއްކި ފަރާތްތަކާއި ހަވާލުކޮކޮށްފައި ނުވާކަން އަބްދުއްލަތީފް ދެއްކި ވާހަކަތަކާއި ހުށަހެޅި ލިޔެކިޔުންތަކުން އެނގޭކަމަށެވެ. ހުކުމުގައި ބުނެފައިވަނީ އޭނަގެ އެ އަމަލަކީ ހިޔާނާތްތެރިވުންކަން ހުށަހެޅިފައިވާ ލިޔުންތަކާއި ހެކިތަކުން ސާބިތުވާކަމަށާއި، އެހެން ކަމުން ގަނޫނުލް އުގޫބާތުގެ ދަށުން އޭނާއަށް 8 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާކަމަށެވެ.

މަލީޝާގެ ވެރިޔާގެ ހިޔާނާތުގެ މައްސަލައިގައި ހެކިބަސް ނެގުމަށް ކޯޓަށް ހާޒިރުކުރެވުނު އެންމެންވެސް ބުނެފައި ވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށް ފަހު ”ފައިސާ ލިބުނުކަމުގެ ލިޔުން“ ވެސް މަލީޝާއިން އެމީހުންނަށް ދީފައިވާ ކަމަށެވެ

އޭނާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ އެ ހާދިސާ ހިނގިިއިރު އަމަލުކުރި ކުރީގެ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށް ވިޔަސް، އޭނާގެ މައްޗަށް އަދަބު ކަނޑައެޅީ މިހާރު އަމަލުކުރާ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. އެއީ މިހާރު އަމަލުުކުރާ ގާނޫނުލް އުގޫބާތުގައި އެ ކުށަށް އޮންނަ އަދަބަކީ ކުރީގެ ގާނޫނުގައި އޮތް އަދަބަށް ވުރެ ލުއި އަދަބެއް ކަމަށްވާތީ، ގާނޫނު އަސާސީގެ 59 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. ގާނޫނު އަސާސީގައި ވާގޮތުން ކުށެއް ކުރުމަށް ފަހު ހުކުމް ކުރުމާ ދެމެދު ގާނޫނަށް ގެންނަ ބަދަލަކުން އެ ކުށަކަށް ލުއި އަދަބެއް ކަނޑައަޅާފައިވާ ނަމަ، އެ މީހަކަށް ދޭން ޖެހޭނީ ފަހުން އަންނަ ގާނޫނުގައި ބުނާ ލުއި އަދަބެވެ.

މަލީޝާ ޖަމާއަތަށް ފައިސާ ދެއްކި މީހުންނަށް ހައްޖަށް ނުދެވުމުން އެ މީހުން ފަހުން ހައްޖަށް ފޮނުވާފައިވަނީ ސަރުކާރުންގެ އެހީގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: