އެސްއެމްއީ ޑިޖިޓަލްއިން 500 މިލިއަން ރުފިޔާގެ ލޯނު އަންނަ އަހަރު ދޭ ގޮތަށް ކަނޑައަޅާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އަތޮޅުތަކުގައި ވަރަށް ބައިވަރު ބިންތައް ހިއްކާފައި ހުރި ކަމަށެވެ. ގާތްގަނޑަކަށް 6000 ހެކްޓަރުގެ ބިން ހިއްކާފައިވާ ކަމަށާއި އެއަށްވުރެވެސް އިތުރުވެދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ބިންތައް ހުރިއިރު، 2 ސަރަހައްދަކަށް އިންޓަރގްރޭޓެޑް ޒޯން ގޮތުގައި ރައީސް ކަނޑައަޅުއްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ 2 ސަރަހައްދެއް ރީޖަނަލް އާބަން ސެންޓަރުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެހެން ސަރަހައްދުތައް ކަނޑައެޅިގެން ދާއިރު، ހަމަ އެކަނި ޓޫރިޒަމްގެ ބަދަލުގައި، ލައިޓް އިންޑަސްޓްރީތަކަށްވެސް ހާއްސަ ލުއިތަކެއް ދީގެން ނުވަތަ ހާއްސަ އިނާޔަތްތަކެއް ދީގެން މަސައްކަތްތައް އިންތިޒާމް ކުރެވިފައިވާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
”އެސްއެމްއީ ޑިޖިޓަލްއުން ދެންމެ އަޅުގަނޑަށް ޕްރެސްއައި މަގުމަތީގައި ސާފުކޮށްލިން، މިހާރު ރައީސް ހަމަ އަމާޒް ތަކަށް ދިއުމަށްޓަކައި، މިހާރުން މިހާރަށްވެސް 500 މިލިއަން ރުފިޔާގެ ލޯނު މިއަންނަ އަހަރު ދޭ ގޮތަށް ކަނޑައަޅުއްވާފައި ވަނީ. މިއީ ކުދި ވިޔަފާރީތަކަށް ލިބިގެންދާނެ ވަރަށް އުންމީދީ ވާހަކަފުޅުތަކެއް“
މިނިސްޓަރ ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ޗައިނާއާއިއެކު ސޮއިކުރެވި، ޗައިނާ – ރާއްޖޭގެ ވިޔަފާރީގެ ގްރޯތަށް ބަލާއިރުވެސް 9 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. އަދި މީގެއިތުރަށް ވެސް މުހިންމު މަސައްކަތްތަކެއް ކުރެވޭ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މި ވޭތުވެދިޔަ 2 އަހަރުގެ ބައެއް ތަފާސް ހިސާބުތަކަށް އަލިއަޅުވާލައްވާ މިނިސްޓަރ ވިދާޅުވީ 595 ކުދި ވިޔަފާރިއަކަށް 349 މިލިޔަން ރުފިޔާގެ ކުދި ލޯނު ދޫކޮށްފައިވާ ކަމަށެވެ. 10 ދާއިރާއެއް ހިމެނޭ މި ލޯނު ސްކީމުގެ ތެރޭގައި އަންހެނުންނަށް ހާއްސަ ލޯނާއި މެރިކަލްޗާއާއި، މަސްވެރިކަމުގެ ދާއިރާގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓްރީން މިވީ ދެ އަހަރުގެ ތެރޭގައި އެކި ބިލްތަކަށް 13 ބިލިޔަން ރުފިޔާގެ ފައިސާ ދައްކާފައިވާ ކަމަށާއި، އޭގެ ތެރެއިން 5 ބިލިޔަން ރުފިޔާއަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ބިލުތަކަށް ދައްކާފައިވާ ފައިސާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

