ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މަލްއާއެކު 11 ފިރިހެނުން ހައްޔަރުކުރީ ޕާޓީ ކުރަނިކޮށް ނޫން، އެ މީހުން ހައްޔަރުކުރީ ކެފޭ ޓެރަސް މަތިން، ރޫމް އަކުންވެސް ނޫން“

މަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ފިލްމީ ތަރި މަލީހާ ވަހީދާއެކު 11 ފިރިހެނުން ހައްޔަރުކުރީ ޕާޓީ ކުރަނިކޮށް ނޫންކަމަށާއި، އެމީހުން ހައްޔަރުކުރީ އެ ގެސްޓްހައުސްގެ ކެފޭގެ ޓެރަސް މަތިންކަން ”ސަންގު“ އަށް ކަށަވަރުވެއްްޖެއެވެ.

ނޮވެމްބަރު މަހުގެ 1ަ9 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި މަލްއާއެކު އިތުރު އެގާރަ ފިރިހެނުން ހައްޔަރުކޮށްފައިވަނީ، ބަގުރާ ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމެންޓަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށް ފުލުހުންގެ ތަރުޖަމާނު ވަނީ މީޑިއާތަކަށް މަޢުލޫމާތު ދެއްވާފައެވެ.

އެއާއެކު ފިލްމީތަރި މަލް 11 ފިރިހެނުންނާއެކު ޕާޓީ ކުރަނިކޮށް ހައްޔަރުކޮށްފިކަމަށް މީޑިއާތަކުގެ ފަލަ ސުރުޙީއަށް އެރިއެވެ. އަދި އެމީހުންތިބީ ބަގުރާ ބޯންކަމަށާއި، މަލް ހުރީ އޮރިޔާން ނިވާނުވާ ޙާލަތުގައިކަމަށް ވެސް ބައެއް މީޑީއާ ރިޕޯޓުތަކުގައު ބުނެފައިވެއެވެ. އަދި މީސް މީޑިއާގައި ތަފާތު އެކި ގޮތްގޮތަށް މަލްއާ ދިމާކުރަން ފެށިއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ސަންގަށް މައުލޫމާތު ދެއްވަމުން އެ ސީން ހިނގިވަގުތު އެތަނުގައި ހުރި މީހަކު ބުނީ، މަލްއާއި އަދި11 ފިރިހެނުން ތިބީ އެޗް78 ގެސްޓްހައުސްގެ ކެފޭ/ރެސްޓޯރެންޓްގެ ޓޭރަސްގައިކަމަށެވެ. އެ ތަނަކީ އާންމުކޮށް ހުޅުވާލާފައި އޮންނަ ތަނެއްކަމަށާއި، ބޭރުން އަންނަ މީހުނަށް އެއްވެސް ހުރަހެއް ނެތި ކެފޭގެ ޚިދުމަތް ލިބޭކަންވެސް އޭނާ ފާހަގަކުިރއެވެ. 

އޭނާ ބުނީ އެތަނުގައި ރަލުގެ އެއްވެސް މުޢާމަލާތެއް އެ ގަޑީގައި ހިނގާފައި ނުވާކަމަށެވެ. އެގޮތުން ފުލުހުންނަށް އެ ސަރަޙައްދުން ރަލުގެ އެއްވެސް ބާވަތެއް ފެނިފައިނުވާ ކަމަށް އޭނާ ބުންޏެވެ. އަދި އެ ކެފޭއިން ސާވްކުރަން ގެނެސްފަ ހުރި ތަށިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށްވެސް އޭނާ މައުލޫމާތު ދިނެވެ. 

އޭނާ ބުނީ، އެ ގެސްޓްހައުސްގެ ހަތަރު ވަނަ ފްލޯ އަކީ ކެފޭގެ ޓޭރަސް ކަމަށާއި އެވަގުތު އެތަނުގައި ތިބި އެންމެން ހައްޔަރުކުރި ކަމަށެވެ. އަދި އެންމެންެވެސް މުއްދަތުގެ މަޖިލީހަށް ހާޟިރުކުރިއެވެ. 

އޭނާ ތުހުމަތު ކުރާ ގޮތުގައި މއީ ބަޔަކު ރާވައިގެން ހިންގި ކަމެއްކަމަށާއި، މިކަމުގައި މީޑީއާތަކަށް ދީފައިވަނީ ދޮގު މައުލޫމާތު ތަކެއް ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި 12 މީހުމްގެ ތެރެއިން3 މީހަކު ވަނީ ޝާރުތުތަކަކާއެކު ދޫކޮށްލާފައެވެ. ހައްޔަރުކުރި މީހުންގެ ތެރެއިން އެކި މީހުނަށް އެކި މުއްދަތު ޖަހާފައިވާއިރު، މަލްގެ ބަންދަށް ޖަހާފައިވަނީ ހަތަރު ދުވަހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސަލްޓަން ޕާކް ތެރެއިންނެއް ނޫންބާ ހައްޔަރު ކުރީ. މަންޒަރު ދުން މީހާ އެހާ ސާފު މައުލޫމާތު ދިންއިރު ނަން ފޮރުވަން ބޭނުން ނުވީ ހަދައިލައިގެން ލިޔުން އާޓިކަލް އަކަށް ވީމަދޯ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: