ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބީއެމްއެލްއިން އިސްލާމިކް މައިކްރޯ-ފައިނޭންސިންގ ޕްރޮޑަކްޓް ތައާރަފްކޮށްފި، ޖެނުއަރީގައި ހުށަހެޅޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސިންގ އިނިޝިއޭޓިވް (މިސްފީ) ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކުރާ ”މައިކްރޯ ފައިނޭންސިންގ“ ޕްރޮޑަކްޓުގެ ތަފްސީލު ހާމަކޮށްފިއެވެ. މި ޕްރޮޑަކްޓަކީ ރާއްޖޭގެ މާލީ ބާޒާރުގައި މިހާރު ފައިނޭންސިންގ ދޫކުރާ އެންމެ ކުޑަ ރޭޓުގައި ތައާރަފްކުރި ޚިދުމަތެކެވެ.

މި ފައިނޭންސިންގެ ދަށުން 100,000 ރުފިޔާއާ ހަމައަށް 2.5 ޕަސެންޓު ރޭޓެއްގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ފުރުސަތު ދިނުމުގެ ގޮތުން، މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 10 އަހަރާ ހަމައަށް މުއްދަތު ލިބޭނެއެވެ. މީގެ އިތުރުން، 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭއިރު، އެޕްލިކޭޝަން ފީ ނުވަތަ ޕްރޮސެސިންގ ފީއެއް މި ޕްރޮޑަކްޓުން ނުނަގާނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އިސްލާމިކް ސޯޝަލް ފައިނޭންސިންގައި އިސްނަގައި، ރާއްޖެއަށް މުޅިން އަލަށް މިފަދަ ޕްރޮޑަކްޓެއް ތައާރަފްކުރެވޭކަމީ ބޭންކަށް ލިބޭ ފަޚުރެއް ކަމަށެވެ.

 ”މިއީ އެބައެއްގެ ފުރިހަމަ ޕޮޓެންޝަލް އަށް ވާސިލްވުމަށާއި ކުދި ވިޔަފާރިތައް ދެމެހެއްޓެނިވި ވިޔަފާރިތަކަކަށް ހެދުމަށް ކުރެވޭ އިންވެސްޓްމެންޓެއް،“ ޝަރީފް ވިދާޅުވިއެވެ.

މި ޕްރޮޑަކްޓަކީ ޚާއްޞަކޮށް އާންމު އުސޫލުން ބޭންކުތަކުންދޭ ޚިދުމަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށާއި، އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ޕްރޮޑަކްޓެކެވެ. ޝަރީޢާ ކޮމްޕްލައިންޓް ހަމަތަކުގެ މަތިން ދެވޭ މި ފައިނޭންސިންގގެ ސަބަބުން، ރަސްމީ ބޭންކިންގ ދާއިރާއާއި ފަރުދުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބޭންކުން ބުނެއެވެ.

މި ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަންނަ ޖަނަވަރީ މަހު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތަށް އެދި ހުށަހަޅަންޖެހޭނީ ބޭންކުގެ ޝަރީޢާ ކޮމްޕްލައިންޓް ސަބްސިޑަރީ ކަމަށްވާ އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: