ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ޕާކުގައި ”ރީޑިން ނުކް“ ގެ ނަމުގައި ފޮތް ކިޔާނެ ތަނެއް ހުޅުވައިފި

ހިޔާ ޕާކުގައި "ރީޑިންގ ނޫކް" ގެ ނަމުގައި ފޮތް ކިޔާނެ ތަނެއް ހުޅުވައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރުތަކުގެ މެދުގައި އޮންނަ ހިޔާ ޕާކުގައި ފޮތް ކިޔުމަށް ހާއްސަކޮށްގެން ”ރީޑިން ނުކް“ އެއް ހަދައި، އެތަން  ރަސްމީކޮށް ހުޅުވައިފިއެވެ. މިއީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ނުކްއަކީ ހިޔާ ޕާކު ސަރަހައްދަށް ޒިޔާރާތްކުރާ މީހުން އެ ސަރަހައްދުގައި ތިބެގެން ހިތްހަމަޖައްސާލައި، ފޮތް ކިޔޭނެ ގޮތް މަގުފަހިކުރުމަށް ހެދި ތަނެކެވެ. މި ސަރަހައްދުގައި ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވެސް އެކަށީގެންވާ ދިވެހި އަދި އިނގިރޭސި ފޮތްތައް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ޚިދުމަތް ދޭ ގަޑިތަކާއި އުސޫލުތައް

ރީޑިންގ ނުކް ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 20:30 އަށެވެ. އެޗްޑީސީން ބުނީ ފޮތް ކިޔަން ބޭނުންވާ ފަރާތްތަކުން ނުކްއިން ފޮތް ނެގުމަށްފަހު، ޕާކު ސަރަހައްދުގެ ކޮންމެ ހިސާބެއްގައި ތިބެގެން ވެސް ފޮތް ކިޔޭނެ ކަމަށެވެ. ނަމަވެސް، ޕާކުން ދިއުމުގެ ކުރިން ފޮތް އަނބުރާ ހަވާލުކުރަން ޖެހޭނެއެވެ.

މީގެ އިތުރުން، މި ވަގުތު ފޮތް ޑޮނޭޓް ކުރަން ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މިއީ މި ސަރަހައްދުގައި ފޮތް ކިޔުމުގެ އާދަ އަށަގަންނުވައި، މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވޭ މަސައްކަތެއްގެ ގޮތުގައި އެޗްޑީސީން ފާހަގަކުރެއެވެ.

އިޖުތިމާއީ މާހައުލެއް ބިނާކުރުން

އެޗްޑީސީން ބުނެފައިވަނީ ޕާކުތަކަކީ ހަމައެކަނި ކުޅެލަން ދާ ތަނެއްގެ ބަދަލުގައި، ފޮތް ކިޔުން ފަދަ ބޭނުންތެރި ކަންކަން ވެސް ކުރެވޭނެ ތަނަކަށް ހެދުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ. ”މިތަނަކީ ހިޔާ ރައްޔިތުންގެ އަމިއްލަ ތަނެއް ގޮތުގައި ދެކި، ވީހާވެސް ބަލައިގެން ގެއްލުން ނުވާނެ ގޮތަށް އުޅުމަށް އިލްތިމާޒް ކުރަން،“ އެޗްޑީސީން ބުނެފައިވެއެވެ.

މި އާ ހިދުމަތާއެކު ހިޔާ ޕާކު ސަރަހައްދަކީ އިލްމީ އަދި އިޖުތިމާއީ ގޮތުން މުއްސަނދި މާހައުލަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: