ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޭޕާކް މައްސަލައިގައި މަންޑޭގެ މައްޗަށް 94 ދައުވާއެއް ސާބިތުވެއްޖެ!

ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) --
ޝެއާރކޮށްލާ ކަހަލަދޯ؟

ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް ދައުލަތުން އުފުލި 100 އަށް ވުރެ ގިނަ ދައުވާގެ ތެރެއިން 94 ދައުވާއެއް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، މަންޑޭގެ މައްޗަށް ސާބިތުވާ ކަމަށް ކޯޓުން ނިންމާފައިވަނީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާ އާއި، ޓެކުމުގެ 46 ދައުވާ އާއި، މަނީ ލޯންޑްރިންގެ ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާއެވެ.

މި މައްސަލާގައި މަންޑޭއާއެކު ދެން ދައުވާ އުފުލާފައިވާ ރ. އަލިފުށީ ކިނާރާ، ޖައިޝާން ސައީދުގެ މައްޗަށް ވެސް ގިނަ ދައުވާތަކެއް ވަނީ ސާބިތުވެފައެވެ. ޖައިޝާންގެ މައްޗަށް ދައުލަތުން ކުރި 95 ދައުވާގެ ތެރެއިން ސާބިތުވެފައިވަނީ އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 40 ދައުވާއާއި، ޓެކުމުގައި ބައިވެރިވުމުގެ 44 ދައުވާގެ އިތުރުން މަނީ ލޯންޑާކުރަން އެހީތެރިވުމުގެ ދައުވާއެވެ.

ކޭ ޕާކް ތަރައްގީކުރާ ހަންބޯ ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ހުރި މަންޑޭގެ މައްޗަށް ދައުލަތުން ޖުމްލަ 104 ދައުވާއެއް އުފުލިއެވެ. އޭގެ ތެރޭގައި މަކަރާއި ހީލަތް ހެދުމުގެ 50 ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާއާއި، ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާއެއް ހިމެނެއެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކުރި ގޮތުގައި، މި މައްސަލާގައި ބާކީ ހުރި ދައުވާތަކާ މެދު ގޮތެއް ނިންމުމާއި، ކުށް ސާބިތުވި ދައުވާތަކަށް އަދަބު ކަނޑައެޅުމަށް ބާއްވާ ޝަރީއަތުގެ މަޖިލިސް އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: