ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބަށް ޕީއެންސީގެ ޕްރައިމެރީގެ ވޯޓުލުން ކުރިޔަށް ގެންގޮސްފި

ކައުންސިލް އިންތިހާބަށް ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމާއި ގުޅޭ ޕްރައިމަރީގެ ވޯޓުލުން ކުރިޔަށް ގެންދިއުން/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބަށް ސަރުކާރުގެ މައި ޕާޓީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޓިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ކުރިޔަށް ގެންގޮސްފި އެވެ.

300 އަށް ވުރެ ގިނަ ކެންޑިޑޭޓުންނާއި އެކު ކުރިޔަށް ގެންދިޔަ މި ޕްރައިމެރީގެ ވޯޓު ފޮށިތައް ބަންދުކޮށްފައި ވަނީ ހަވީރުގެ 04:00 ގައެވެ.

ޕްރައިމެރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު އެއީ ކައުންސިލްތަކަށް 183 ކެންޑިޑޭޓުން އަދި ޑަބްލިއުޑީސީއަށް 121 ކެންޑިޑޭޓުންނެވެ.

ޕްރައިމެރީއާއި ގުޅޭގޮތުން، ޕީއެންސީގެ ކެމްޕެއިން މެނޭޖަރ އަދި ޕާޓީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ އިބްރާހިމް ފަލާހު ވިދާޅުވީ މިއީ އެތެރޭގެ އިންތިހާބެއްގައި އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވޯޓުލާނެ އިންތިހާބު ކަމަށެވެ.

އިންތިހާބުގެ ކަންކަން ކުރިޔަށް ދިޔައީ ވެސް ވަރަށް އަމާންކަމާއި، އޮމާންކަމާއި އެކުގައިކަމަށް ފަލާހު ވިދަޅުވި އެވެ. އަދި ވިދާޅުވީ ވޯޓުގެ ހުރިހާކަމެއްގެ ވެސް އިންތިޒާމުތައް ވަރަށް ފުރިހަމަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: