އައު އަހަރާއި ދިމާކޮށް، އުރީދޫއިން ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
އުރީދޫއިން މައުލޫމާތު ހާމަކުރަމުން ބުނީ، 2026 ވަނަ އަހަރަށް، އުރީދޫ ކަސްޓަމަރުންނަށް މަރުހަބާ ކިޔުމުގެ ގޮތުން، ހާއްސަ ޕްރީޕެއިޑް ޕްލޭންތަކަކަކާއިއެކު، ސޯޝަލް މީޑިއާ ބަންޑަލު އަދި ދޭޓާ ޑިލުތަކާއިއެކުގަ، އުރީދޫއިން މަސައްކަތްކުރަމުންދާ ކަމަށެވެ. އަދި، އުރީދޫގެ ކަސްޓަމަރުން އުފާފާޅުކުރަމުންދާ ވަގުތުތަކުގައި، މެދުނުކެނޑި ކަނެކްޓިވިޓީ ލިބޭނެހެން، އުރީދޫއިން ގޮތްތައް ފަހިކޮށްދީ، އެކަމަށްޓަކައި މަސައްކަތްކުރަމުންދާ ކަމަށެވެ.
އުރީދޫއިން އައު އަހަރަށް ފޯރުކޮށްދޭ ޕްރީޕެއިޑް އޮފާތަކުގެ ތެރޭގައި،
- ޕްރީޕެއިޑް ނިއު އިޔަރ ޕެކް: މި ޕެކުގެ ދަށުން، 1.5 ޖީބީ ޑޭޓާއާއި 26 ލޯކަލް ކޯލް މިނިސްޓް 26 ރުފިޔާއަށް ލިބިގެންދާނެއެވެ. އެގޮތުން، މިއީ ތިން ދުވަހުގެ ވެލިޑިޓީއާއިއެކު ތައްޔާރުކުރެވިފައިވާ ޕެކެއް ކަން ފާހަގަކޮށްލެވެ.
- އާޗާ ޕްރީޕެއިޑް ޕްލޭން: މި ޕްލޭންގެ ދަށުން، އެއް އަހަރު ވަންދެން ދުވާލަކު 2ޖީބީ ލިބޭއިރު، 2026 ވަނަ އަހަރުގެ ތެރޭގައި، ޖުމްލަ 730 ޖީބީ ލިބޭނެއެވެ. އަދި، އަންލިމިޓެޑް ކޯލްތަކާއި، ދުވާލަކު 1 ޖީބީ ރގިއުލަރ އަދި 1 ޖީބީ ޓިކްޓޮކަށް ހަމަޖެހިފައިވެއެވެ.
- އާޗާ ޕްރީޕެއިޑް ޕްލޭން (ތިން މަސް ދުވަހަށް ދުވާލަކު ތިން ޖީބީ): މި ޕްލޭންގެ ދަށުން، ތިން މަސް ދުވަހަށް، ދުވާލަކު ތިން ޖީބީ ލިބޭނެއެވެ. އެގޮތުން، 1100 ރުފިޔާއަށް ތިން މަހަށް މުޅިންއެއްކޮށް، 270 ޖީބީ ލިބޭއިރު، ދުވާލަކު ތިން ޖީބީ ޑޭޓާ، ޑެއިލީ ރެގިއުލަރ ޑޭޓާ، ޓިކްޓޮކް އަދި އައިއެމްއޯ އެންޑު ވައިބާރގެ އިތުރުން އަންލިމިޓެޑް ކޯލް، މި ޕްލޭންގެ ދަށުން ލިބިގެންދާނެއެވެ.
- އަންލިމިޓެޑް ސޯޝަލް ޑޭޓާ ޕެކް: މި ޕްކުގެ ދަށުން، އައު އަހަރު ފާހަގަކުރުމަށް، މީޑީއާގެޕްލެޓްފޯމްތަކަށް އެއްވެސް ލިމިޓެއް ނެތި، 25 ރުފިޔާއަށް މި ޕެކްގެ ވެލިޑިޓީ ދެމިހުންނާނެއެވެ. އެހެންނަމަވެސް، މި ޑޭޓާ ބޭޏުްކުރެވޭނީ ވަކި އެޕްލިކޭޝަންތަކަކަށެވެ.
- ޓިކްޓޮކް ސުޕަރ-ޑީލް: މި ޕެކުގެ ދަށުން، ހުއްޓުމެއްނެތި، އުރީދޫގެ ކަސްޓަމަރުންނަށް، ޓިކްޓޮކް ބެލުމަށް 28 ދުވަހުގެ މުއްދަތެއްގެ ތެރޭގައި، ފަސް ޖީބީ ޓިކްޓޮކް ޑޭޓާ ހިލޭ ލިބޭއިރު، އުރީދޫ ސުޕަރއެޕްގެ ސުޕަޑީލް ސެކްޝަން މެދުވެރިކޮށް، މި އޮފަރ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އުރީދޫއިން ބުނިގޮތުގައި، 5ޖީ ނެޓްވޯކުގެ ޒަރިއްޔާއިން، އުރީދޫގެ މުރިހާ އޮފަރތަކެއް ލިބެންހުންނާނެކަމަށެވެ.
މީގެއިތުރުން، އައު އަހަރާއި ދިމާށް، އުރީދޫއިން ތައާރަފުކުރާ އޮފާތަކާއިއެކު، އުރީދޫ މޯލްޑިވްސްގެ އަމާޒަކީ، މުވާސަލާތީ ވަސީލަތްތައް މެދުވެރިކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމާއިއެކު، އުރީދޫގެ ކަސްޓަމަރުންނަށް އިތުރު ފަސޭހަތައް ހޯދައިދިނުން ކަމަށެވެ. އަދި، 2026 ވަނަ އަހަރަކީވެސް، ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކޮށްދޭނެ އަހަރަކަށް ހެދުން ކަމަށްވެސް އުރީދޫއިން ބުނިއެވެ.

