އިލްކްޝަން ކޮމިޝަން މެންބަރުކަމުގެ ހުވާ ކުރައްވާ މެންބަރު ކަމުގެ މަޤާމާއި ފުއާދު ތައުފީޤު ހަވާލުވެވަޑައިގެންފިއެވެ.
އިލެކްޝަން ކޮމިޝަނުން ވިދާޅުވީ އެ ކޮމިޝަންއާއި ފުއާދު މިއަދު ގުޅިވަޑައިގެންފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަަމަށް ހުޅުވާލީ އެ ކޮމިޝަންގެ މެންބަރު އަމްޖަދު މުސްތަފާގެ ދައުރު މިމަހުގެ 24 އަށް ހަމަވާތީއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެމްބަރުކަމަށް ފުއާދު ތައުފީގު އަްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވަނީ ބޮޑު އަގުލަބިއްޔަތަކުންނެވެ.
https://twitter.com/ElectionsMv/status/1198500420856868864
އީސީގެ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްޙޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ ލިސްޓުގެ އެންމެ ކުރީގައިވެސް ފުއާދު ހިމެނިވަޑައިގެންނެވިއެވެ. މަޖިލީހަށް ރައީސް ފޮނުެއްވެވި ނަންތަށް މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ދިރާސާކޮށް ފުރަތަމަ ނަމަކަށް ފާސްކޮށްފައިވަނީ ފުއާދު ތައުފީގްއެވެ.
ފުއާދަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ބޭއްވި އިރު، އެ ކޮމިޝަންގެ ރައީސްގެ މަގާމް ފުރައްވަމުން ގެންދެވި ބޭފުޅާއެވެ.

