ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގެ ޓްރެފިކް ފުލޯއަށް ބަދަލުތަކެއް ގެނެސްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އާ އަހަރާ ދިމާކޮށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް“ އާ ގުޅިގެން ހުޅުމާލޭގެ ޓްރެފިކް ފުލޯއަށް ބަދަލުތަކެއް ގެނައުމަށް ފުލުހުން ނިންމައިފިއެވެ.

މި ބަދަލުތައް ގެނައުމަށް ހަމަޖެހިފައިވަނީ 31 ޑިސެންބަރު 2025 ދުވަހުގެ ރޭ 20:00 އިން ފެށިގެން 01 ޖަނަވަރީ 2026 ވަނަ ދުވަހުގެ ފަތިހު 01:00 އާ ހަމައަށެވެ.

މި އިވެންޓަށް ވަޑައިގަންނަވާ ފަރާތްތަކުގެ އުޅަނދުތައް ޕާކް ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތައް ފުލުހުން ވަނީ އެކްސްގައި އާއްމުކޮށްފައެވެ. މިގޮތުން ޕާކިންގް ހަމަޖެހިފައިވާ ތަންތަނުގެ ތެރޭގައި ސެންޓްރަލް ޕާކް އެތެރެ ޕާކިންގް ޒޯން، ރީތިގަސްމަގު (ރެއިންކްރެސް ކައިރި)، ބަގީޗާ ހިނގުން (ހޭންޑްބޯލް ކޯޓް ކައިރި އަދި ކޭޕާރކް ކުރިމަތި) އަދި ގިނިމާ ހިނގުން (އަމީން އެވެނިއު ކުރިމަތި މަގު) ހިމެނެއެވެ.

ފެސްޓިވަލްގެ ތަފްސީލު

ހުޅުމާލޭގައި މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެސްޓިވަލަކީ ގިނަ ހަރަކާތްތަކެއް ހިމެނޭ އިވެންޓެކެވެ. މީގެ ތެރޭގައި ޑްރޯން ޝޯ، ހަވާ އެރުވުން، ކުޑަކުދިންގެ ހަވީރު، ފުޑް ސްޓޯލްތަކުގެ އިތުރުން ސަގާފީ އެކިއެކި ހަރަކާތްތައް ހިމެނެއެވެ. ފެސްޓިވަލް ކުރިއަށްދާނީ ޑިސެމްބަރު 30، 31 އަދި ޖަނަވަރީ 1 ވަނަ ދުވަހުއެވެ. ކޮންމެ ދުވަހެއްގެވެސް ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 12 އަށް ހަރަކާތްތައް ކުރިއަށްދާނެއެވެ.

އާ އަހަރަށް މަރުޙަބާ ކިޔުމަށް ބާއްވާ ހާއްސަ ހަރަކާތްތައް އޮންނާނީ ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭގައެވެ. އެރޭ ހާއްސަ ޑްރޯން ޝޯއަކާއި، ހަވާ އެރުވުމުގެ އިތުރުން ބަޑިބޭހުގެ އެކި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި ބަދަލުތަކަށް ސަމާލުކަން ދިނުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: