ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގެ ނައިބް ރައީސްއަކަށް އަކްރަމް!

އީސީގެ ނައިބް ރައީސްއަކަށް އަކްރަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސްކަމުގެ މަގާމަށް އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް އައްޔަންކޮށްފިއެެވެ.

އީސީން ވަނީ، ކޮމިޝަނާއި އަލަށް ގުޅިވަޑައިގެންނެވި ފުއާދު ތައުފީގްއަށް މަރުހަބާ ދެންނެވުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. އެގޮތުން އެ ބައްދަލުވުމުގައި އީސީގެ ނައިބް ރައީސްކަމަށް އަކްރަމް އައްޔަންކޮށްފައިވަނީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ކަމުގެ މަގާމަށް އަކްރަމްގެ ނަން ހުށަހެޅުއްވީ އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތެވެ. އެގޮތުން ކޮމިޝަންގެ މެމްބަރު ކަމަށް އޭނާ އިންތިހާބު ކުރަން ފެންނަ ކަމަށް ތިން މެމްބަރަކު ވޯޓު ދެއްވި އިރު ދެކޮޅަށް ދެ ބޭފުޅަކު ވޯޓު ދެއްވި އެވެ.

https://twitter.com/ElectionsMv/status/1198512214845509632

އީސީގެ ނައިބް ރައީސްގެ މަގާމަސށް އަކްރަމް އިންތިހާބް ކޮށްފައި މިވަނީ ކުރިން އެ ކޮމިޝަންގެ ނައިބް ރައީސްގެ މަގާމް ފުރައްވަމުން ގެންދެވި ކޮމިޝަންގެ މެމްބަރު އަމްޖަދް ހަސަންގެ ދައުރު ހަމަވުމާއި ގުޅިގެންނެވެ. 

އަކްރަމް އިލެކްޝަންސް ކޮމިޝަނާ ގުޅިވަޑައިގެންނެވީ 2015 ގަ އެވެ. މީޑިއާތަކާ ގާތް ގުޅުމެއް ބާއްވަވައި އަކްރަމް ވަނީ މީގެ ކުރީގެ އިންތިހާބުތަކުގައި ވެސް އިސްކޮށް އުޅުއްވައިފަ އެވެ. އަދި އަކްރަމް އަކީ މިހާރުވެސް އީސީގެ ތަރުޖަމާންގެ މަގާމް ވެސް ފުރައްވަމުން ގެންދަވާ ބޭފުޅާއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: