ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

241 ކޮމިޓީން ފާސް ކުރި ޑރ އަފްރާޝީމްގެ ރިޕޯޓާއި މެދު ގޮތެއް ނިންމަން މާދަމާގެ ޖަލްސާގައި ތާވަލްކޮށްފި

241 ކޮމިޓީގެ ތެރެއިން އުފެއްދި ސަބް ކޮމިޓީ.... ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ. އަފްރާޝީމް އަލީގެ މައްސަލައިގެ ރިޕޯޓު ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއިން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި މެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ތާވަލުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރި ތަހްގީގުގެ މައްޗަށް އެކުލަވާލި ރިޕޯޓާ ގުޅިގެން ހަތް ކަމެއް ސާފު ކުރުމަށް މަޖިލީހުގެ 241 ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއެއް ނެގި އެވެ.

ހަސަން ލަތީފްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހިމެނޭ ސަބް ކޮމިޓީގެ މަސައްކަތް ނިންމައި އެ ކޮމިޓީން އެކުލަވާލި މައި ކޮމިޓީއަށް ހުށަހަޅައި މައި ކޮމިޓީގެ ރިޕޯޓް ވަނީ ފާސްކޮށްފައެވެ.

ރިޕޯޓު ފާސްކުރުމަށް ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަނީ ސަލަފް ހިމެނޭހެން ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ހިމަނާފައިވާ ޖަމިއްޔާތަކާއި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ. އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ފިޔަވަޅު އެޅުމަށް ވެސް ކޮމިޓީގެ ރިޕޯޓުގައި ވަނީ ހިމަނާފައެވެ.

241 ކޮމިޓީން ވަނީ އެ ރިޕޯޓާ ގުޅިގެން ޖުމްލަ ހަތް ކަމެއް ބެލުމަށް ފާސްކޮށްފައެވެ. އޭގެ ތެރޭގައި:

* ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައިވާ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުގެ އަދަދާއި ހަރަކާތްތައް ދެނެގަތުން
* އަފްރާޝީމް މަރާލުމުގައި ފައިސާ ބަދަލުކޮށްފައިވާ މިންވަރާއި ގޮތްތައް ދެނެގަތުން
* ހަރުކަށި ޖަމާއަތްތައް ލިސްޓްކޮށް އެ ޖަމާއަތްތަކާ ދެކޮޅަށް ގާނޫނުގައިވާ ފިޔަވަޅު އެޅުން
* އަފްރާޝީމް މަރާލަން އުޅޭ ކަމުގެ މައުލޫމާތު ލިބި އެ ކަން ސިއްރުކޮށްފައިވާ މީހުން ދެނެގަތުން
*އަފްރާޝީމް މަރާލިއިރު ފުލުހުން އެ ކަމުގައި އިހުމާލުވެފައިވޭތޯ ބެލުން
* އަފްރާޝީމް މަރާލުމުގައި ބައިވެރިވި ކަމަށް ރިޕޯޓްގައިވާ މީހުން މިހާރު ކޮބައިތޯ ބެލުން
* ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ބާރުއަޅައި ފިޔަވަޅު އަޅާތޯ ބެލުން

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: