ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަތީޖާ ޤަބޫލެއް ނުކުރަން – އަސްލަމް

ރައީސް މުހައްމަދު ނަޝީދާއި، ހިތަދޫ އުތުރު ދާއިރާ މެންބަރު އަސްލަމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ލީޑަރޝިޕް އިންތިޙާބުގައި ނައިބު ރައީސް ކަމަށް ވާދަކުރެއްވި އަސްލަމް އިންތިހާބު ޤަބޫލުނުކުރައްވާކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޝިފާޒަށް ލިބިފައިވަނީ 13،233 ވޯޓެވެ. އަދި އަސްލަމްއަށް ލިބިވަޑައިގަތީ 9،957 ވޯޓެވެ.

ސަންގައް މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވީ އިންތިޙާބު ޤަބޫލު ނުކުރާކަމަށާއި އިންތިޙާބުގައި ފާހަގަކުރެވުނު 10 ކަމެއް ފާހަގަކުރައްވާ އެ މައްސަލަ ޕާޓީ އޮފީހަށް ވައްދަފައިވާ ކަމަށެވެ. އެކަމާއި ގުޅޭ އިތުރު ތަފްސީލު ހޯދުމަށް ސަންގުއިން މަސައްކަތް ކުރުމުން، އެއީ ޕާޓީގެ އެެތެރޭގެ މައްސަލައެއް ކަމުން އިތުރު މައުލޫމާތު ދިނުމަށް އަސްލަމް ވަނީ އުޒުރުވެރިވެފަައެވެ.

ފުލް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އިތުރު މައްސަލަތަށް ފާހަގަކުރެވި މައުލޫމާތު އެއްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑަރޝިޕް އިންތިހާބު އޮޅުވާލާފައިވާކަމުގެ އަޑުތަކެއް އަރާފައިވާއިރު މައްސަލަ ޖެހިފައިވަނީވެސް ނައިބުރައީސުންގެ ވޯޓުގައެވެ. އެމްޑީޕީގެ ނައިބު ރައީސް ކަމަށް އަސްލަމް ގެންނަން ތާޢީދުކުރި ގިނަ ބަޔަކު ވަނީ އިންތިހާބު ވަގުތީ ނަތީޖާ އިއުލާނު ކުރި ދުވަހު ވޯޓުގައި މައްސަލަތަކެއް ހުރިކަމަށް ޝައްކު ކުރެވޭކަމަށް ބުނެފައެވެ.

މީގެ އިތުރުން އިންތިޙާބުގައި ނައިބު ރައީސްކަން ކާމިޔާބު ކުރެއްވި ޝިފާޒުއަށް ނަތީޖާ އޮޅުވާލުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުތަކެއްވެސް ވަނީ ކުރެވިފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބެއްގައި އެ ޕާޓީގެ ތާރީޚުގައިވެސް ސުވާލު ނުއުފެދޭ ވަރަށް އިންތިޚާބުގައި މައްސަލަ ޖެހިފައިވާ ކަމަށެވެ. އެމްޑީޕީގެ ލީޑާޝިޕް އިންތިޚާބުގައި ވޯޓުގެ އޮބްޒާވަރުންގެ ގޮތުގައާއި، ވޯޓު ފޮށި ބެލެހެއްޓުމާއި ހަވާލުވެހުރި މީހުން ފޮނުވާފައިވަނީ ޝިފާޒް ދުރާލާ ރާވައިގެން ކަމަށްވެސް މުސްތަފާ ވިދާޅުވިއެވެ.

އިންތިޚާބުގައި ޝިފާޒް، މަޤާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ވޯޓުން ވައްކަން ކޮށްފައިވާ ކަމަށާއި، އެ ވައްކަންތައް ”ވަރަށް ރީއްޗަށް، ވަރަށް އަވަހަށް“ ފަޅާ އަރާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: