ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިން ބަންދު ކުރާތަނަކީ އުމުރާއި ނުގުޅޭ ގޮޅިތަކެއް، ގިނަ ކުދިންނަށް ކުރިމަތި ވަނީ އަނިޔާވެރިކަން: އދ

ކުޑަކުދިން ބަންދު ކުރާތަނަކީ އުމުރާއި ނުގުޅޭ ގޮޅިތަކެއް، ގިނަ ކުދިންނާއި ދިމާވަނީ އަނިޔާވެރިކަން!
ޝެއާރކޮށްލާ ކަހަލަދޯ؟

އުމުރުން 18 އަހަރު ނުފުރޭ ކުދިން ކުށުގެ ވެށިން ހައްޔަރުކޮށް، ބަންދުކޮށްފައި ތިބޭ ތަންތަނަކީ އެ ކުދީންގެ އުމުރާއި ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ތަންތަނެއް ނޫންކަމަށް އދ. އިން ކަނޑައަޅާފައިވާ ސްޕެޝަލް ރެޕަޓުއާ ނިޒް މެލްޒާ ވިދާޅުވެއްޖެ އެވެ.

ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަނިޔާ އާއި އަދަބު ދިނުމާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރާ އދ. މަންދޫބު ނިލް މެލްޒާ ވަނީ ރާއްޖޭގައި މީހުން ބަންދު ކޮށްފައިވާ ތިބޭ މަރުކަޒުތަކާއި ބެހޭގޮތުން ހާއްސަ އެސެސްމެންޓެއް ތައްޔާރުކުރައްވާފައެވެ. އެގޮތުން މިމަހުގެ 17 އިން ފެށިގެން 23 ވަނަ ދުވަހާއި ހަމައަށް އެތަންތަނަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރައްވާ މެެލްޒާ ވަނީ ކަމާއި ބެހޭ އިދާރާތްތަކާއި ވެސް ބައްދަލު ކުރައްވާފައެވެ. މެލްޒާ ވަނީ، ރާއްޖޭގެ މައި ޖަލުތައް ހިމެނޭ ގޮތަށް އެފަދަ 10 މަރުކަޒަކަށް ޒިޔާރަތްކޮށް އޮފިޝަލުންގެ އިތުރުން ގައިދީންނާ ބައްދަލު ކުރައްވާފައެވެ.

ޖަލުތަކާއި މީހުން ބަންދުކުރާ ގިނަ ތަންތަނާއި ދައުލަތުން ބަލަހައްޓާ މީހުންނާއި ކުދިން ތިބޭ ތަންތަނަށް ޒިޔާރަތްކޮށް ލިބުނު މައުލޫމާތު މީޑިއާތަކާއި ހިއްސާ ކުރައްވަމުން މިލްޒާ ވިދާޅުވީ ކުށްކުރާ ކުޑަކުދީން ބަންދުކޮށްފައި ބަހައްޓާނެ ތަނެއް ރައްޖޭގައި ނެތް ކަމަށެވެ. ކުށްކުރާ ކުދިންގެ ނިސްބަތް ރާއްޖޭގައި އިތުރުވަމުން އަންނައިރު، މިލްޒާ ވަނީ އެކަމަށް ފިޔަވަޅުތަކެއް އަޅަންޖެހޭކަން ފާހަގަކުރައްވާފައެވެ. މިލްޒާ ވަނީ ކުށްކުރާ ކުޑަކުދިން ބަންދުކޮށް ބަހައްޓާނެ ގޮޅިތަކެއް ގާއިމްކޮށްފައި އެބަހުރި ކަމަށެވެ. އެހެން ނަމަވެސް، އެފަދަ ގޮޅިތަކަކީ އެ ކުދީން މުޖްތަމައުއަށް ނެރެ، ތައުލީމާއި ހުނަރު ދަސްކޮށްދިނުމަށް އެޅޭ ހުރަހެއްގެ ގޮތުގައި އޭނާ ފާހަގަކުރިއެވެ.

މިލްޒާ ވިދާޅުވީ، ކުދީން އަނބުރާ މުޖުތަމައުއަށް ނެރުމަށްޓަކައި އެމީހުންނަށް ތައުލީމާއި، ތަމްރީން ދިނުމުގެ އެއްވެސް މަސައްކަތެއް ނުކުރެވޭކަމަށެވެ. މިލްޒާ ވިދާޅުވީ ގޮތުން ޖަލުތަކުގައި ބަންދުކޮށްފައި ހުންނަ ކުއްޖާ އާއި އަނެއްކުއްޖާއާއި މައްސަލަޖެހެމުން ދެއެވެ. އޭގެ ތެރޭގައި އެނެއްކުއްޖާ އަނިޔާގެ ޝިކާރައަކަށްވެފައި ވުމަކީ ކަންބޮޑުވާ މައްސަލައެއްގެ ގޮތުގައި އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

މިލްޒާ ވަނީ ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުރަމުން އަންނަ މަސައްކަތްތަކަށް ފާޑުވިދާޅުވެފައެވެ. އެންޓިޓޯޗާގެ ގާނޫނުގެ ދަށުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މައްސަލައެއް ހުށަހެޅި ނަމަވެސް އެޅުނު ފިޔަވަޅެއް ނެތް ކަމަށެވެ. ޖިނާއީ އެއްވެސް ދައުވާއެއް ސަރުކާރުގެ އޮފިޝަލަކަށް ނުފުލެނީ އެއީ ނުފޫޒުގެ ސަބަބުންކަމަށާއި އަނިޔާ ކުރާ މައްސަލަތަކުގައި ދައުވާ ކުރިޔަސް ގިނަ ފަހަރަށް އެ މައްސަލަތައް ނުބަލާ ދޫކޮށްލަނީ ކަމަށެވެ.

މެލްޒާގެ ދަތުރުފުޅަށްފަހު އެކުލަވާލާ ރިޕޯޓް ހުށަހަޅާނީ 2021 ވަނަ އަހަރުގެ މާޗު މަހު ބޭއްވުމަށް ހަމަޖެހިފައިވާ އދ. ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: