ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާށިދޫ ދާއިރާ ކޭބަލް ކާރުން ގުޅާލުމަށް ދިރާސާކުރަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ކާށިދޫ އާއި ކ. ގާފަރު ކޭބަލް ކާރުން ގުޅާލުމަށް ދިރާސާކުރަން ފަށައިފިއެވެ.

ކާށިދޫއާއި ގާފަރު ގޭބަލް ކާރުން ގުޅާލުމަށްޓަލާ ކުރަން ޖެހޭ ދިރާސާގެ މަސައްކަތް ފެށިކަން ހާމަކޮށްފައިވަނީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އިން ކުރި ޓްވީޓެއްގަ އެވެ. ކާށިދޫ އާއި ގާފަރު ކޭބަލް ކާރުން ގުޅާލުމަކީ ޑީއާރްޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު 19ވަނަ މަޖިލީހަށް ހޮވިވަޑައިގަތުމަށް ކެމްޕެއިންކުރެއްވިއިރު ވެވަޑައިގަތް އެންމެ މުހިއްމު އެއް ވައުދެވެ.

https://twitter.com/drpmaldives/status/1198645571210203136?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1198645571210203136&ref_url=https%3A%2F%2Fcnm.mv%2Fnews-92426.html

 

ޑީއާރްޕީން ކުރި ޓްވީޓްގައި، ކޭބަލް ކާރުން ކާށިދޫ އާއި ގާފަރު ގުޅާލުމުގެ މަސައްކަތް ދިރާސާކުރުމަށް އިޓަލީގެ އެންމެ ބޮޑު އެއް އިންޖިނިއަރިން ކުންފުނީގެ ރައީސް ކާށިދޫއާއި ގާފަރަށް ވަޑައިގެންފައިވާކަމަށް ވިދާޅުވެފައިވެއެވެ. ރައްޔިތުންގެ މަޖިލީހަށް ކެމްޕެއިންކުރައްވަމުން ޖާބިރު ވިދާޅުވީ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް ކޭބަލް ކާރަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ކޭބަލް ކާރު ރާއްޖެއަށް ތައާރަފުކުރެވިއްޖެނަމަ އެއީ ބޮޑު އާމްދަނީއެއް ލިބޭނެ އެއްޗަކަށް ވާނެ ކަމަށް ވެސް އޭރު ޖާބިރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: