ބަނދަރު ހެދުމުގައި ރާއްޖެއިން އާ ވިސްނުމެއް ގެންގުޅެން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ކެންދޫ ދާއިރާގެ ރަށްތަކުގެ ބަނދަރުހެދުމުގެ މަސައްކަތާއި ގުޅޭގޮތުން ޕްލޭނިން މިނިސްޓަރ އަސްލަމްއާއި ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކޮށް، ދެކެވުނު ވާހަކަތަކުގެ ތެރެއިންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ހުރިހާ ރަށެއްގެ ބަނދަރު ހެދުމުގެ ވިސްނުން އައިސްފައިވަނީ ސުނާމީ ކާރިސާއަށް ފަހުގައިކަމަށެވެ. އެ މަސައްކަތްކުރާއިރު، ރާއްޖޭގެ ރަށްތަކުގެ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް، އެ ރަށްތަކަށް ގެއްލުން ނުލިބޭނެ ގޮތަށް މަސައްކަތް ބައްޓަންކުރުން މުހިއްމުކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިނިސްޓަރ އަސްލަމްވަނީ، ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ތާއީދުކުރައްވާފައެވެ. މިނިސްޓަރ އަސްލަމް ވިދާޅުވީ، ބަނދަރު ހެދުމުގައި ބައެއް އާންމު ރައްޔިތުން އިންޖިނިއަރިންގެ މަސައްކަތްކުރުމަކީ ދަތިވާކަމެއް ކަމަށެވެ. އެ ރަށެއްގައި އުޅޭ ފަރާތްތަކަށް އެރަށެއްގެ ކަންކަން އެނގޭނެ ކަމަށް ޤަބޫލުކުރެވުނު ނަމަވެސް އެފަދަ ނިންމުންތައް ހިންމަން ޖެހޭނީ ދިރާސާކޮށްގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މިނިސްޓަރ އަސްލަމް މަޖިލީހަށް ހާޒިރުވެވަޑައިގަތީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންގެ ސުވާލަކަށް ޖަވާބުދެއްވުމަށެވެ.

ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން،މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރ ސްޓްރަކްޗަރ މުޙައްމަދު އަސްލަމް އާއި ސުވާލުކުރައްވާފައި ވަނީ، ބ.ކިހާ ދޫ، ކުޑަރިކިލު އަދި ދޮންފަނުގެ ބަނދަރު ހެދުމުގެ ޕްރޮޖެކްޓަކީ 2019ވަނަ އަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަސައްކަތްތަކަކަށް ވުމާއިއެކު،އެ މަސައްކަތް ފެށޭނެ ތާރީހެއް ސާފުކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލިމައްސައިގެ ގޮތުގައި ދެ މައްސަލައެއްވަނީ ހުށަހަޅާފައެވެ. ހ.ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަކާއި، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅި ކުއްލި މައްސަލައެކެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ކުއލްި މައްސަލައެއް ގޮތުގައި އެއްމައްސަލައަށް ވުރެ އިތުރު މައްސަލަތަކެއް ހުށަހެޅިއްޖެ ނަމަ ބަހުސް ކުރާނެ ކުއްލި މައްސަލައެއް ނިންމަނީ ގުރުއަތުންނެވެ.
އެހެންނަމަވެސް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވަނީ އެ ދެ މައްސަލައަކީ ވެސް އެއްކަމަކާއި ގުޅޭ މައްސަލަކަމަށް ވުމާއި އެކު މެމްބަރުން އަމިއްލައަށް ގޮތެެއް ނިންމުމަށް އެދިލައްވާފައެވެ. ރައީސް ނަޝީދު އެގޮތަށް އެދިވަޑައިގަތުމުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ އޭނާގެ ކުއްލި މައްސަލަ އަނބުރާ ގެންދަވާފައެވެ.