ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2006، 2007ގައި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ފޮނުވުން އިތުރުވި: އާދަމް ޝަރީފް

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ފޮނުވުން އިތުރުވެގެންއައީ، 2006ވަނަ އަހަރާއި 2007ވަނަ އަހަރާއި ދެމެދުގައިކަމަށް، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވެފައިވަނީ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ. މައްސަލައަކީ ރާއްޖެގައި ހަނގުރާމަވެރި ސެލްތައް ޤާއިމްކުރުމާއި، ދީނުގެ ނަމުގައި ގަތުލު އާއްމު ހިންގުމުގެ އިތުރުން، ކުޑަކުދިންނަށް ޖިންސީގޯނާކޮށް ކޯޓުން ބޭރުން ކުޑަކުދިންނާއި ކައިވެނިކުރާ މައްސަލަ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލައާއި މެދު ވާހަކަދައްކަވަމުން، އާދަމް ޝަރީފް ވަނީ އެފަދަ މައްސަލަތައް 2001ވަނަ އަހަރުން ފެށިގެން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ.

“ 2001ވަނަ އަހަރު ރާއްޖޭގެ މީހަކު ޕާކިސްތާނުން ހައްޔަރުވިކަން، ރާއްޖޭގެ ތާރީހުގެ ރެކޯޑްތަކުން ފާހަގަވެފައި އެބަހުރި. އޭގެ ފަހުން ހަމަ އެމީހަކު ރާއްޖެއައިސް، ސީއެޗްއެސްސީގެ ކުދިންނަށް އަމާޒުކޮށްގެން ރާއްޖެއިން ބޭރަށް ހަނގުރާމައަށް ކުދިން ފޮނުވިކަން އެނގޭ“

އޭނާ ވިދާޅުވީ މިފަދަ ކަންކަން ހިނގާކަން އެނގިތިބެ މިހާތަނަށްވެސް އެ މައްސަލަތަކުގައި ފިޔަވަޅު އަޅާފައި ނުވާކަމީ ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި އެފަދަ މައްސަލަތައް ބޮޑުވެގެން އަންނަނީ ކުޑަކުދިންނާއި ކައިވެނި ކުރުމުގެ މައްސަލަ ފަދަ މައްސަލަތަކުގެ ތެރެއިން ކަމަށް އޭނާ ސިފަކުރެއްވިއެވެ. އަދި ތުއްތު ކުދިންނަށް އަނިޔާވެރިވުންފަދަ ހައްދުފަހަނައަޅާފައިވާ އަމަލުތައް ހިނގުމަކީ ހިތާމަކުރާކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި އިދިކޮޅު ފަރާތްތަކުގެ ތެރެއިން ދެން ވާހަކަދެއްކެވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދުވަނީ ރޭޕްކުރުމާއި، އަނިޔާވެރި އަމަލުތަކާއި އިސްލާމްދީނާއި ގުޅުވަނީ، ދީނާއި މެދު ނަފްރަތު އުފެއްދުމަށް ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ތިންބާރު މުށުތެރެއަށް ލާން ކުރާކަމެއްކަމަށް ވެސް އޭނާ ސިފަކުރެއްވިއެވެ. މެމްބަރު ސައީދުގެ ވާހަކަ މިބީދައިން ގެންދަވަން ފެށުމުން އެމްޑީޕީގެ މެމްބަރުންވަނީ ތަކުރާރުކޮށް ނިޒާމީ ނުކުތާނަންގަވާ، ސައީދުގެ ވާހަކައަށް ހުރަސްއަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: