ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒިންމާ އަދާ ނުކުރާ ނަމަ ޝޭހް އިމްރާން ވަކިކުރަންވީނޫންތޯ؟: އަފީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޖޭގައި އޮތް ޓެރަރިޒަމްގެ މައްސަލަތައް ނުބެލޭކަމަށް ވާނަމަ، ހޯމް މިނިސްޓަރ ޝޭހް އިމްރާން އަބްދުﷲ ވަކިކުރަން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފު ގޮވާލައްްވައިފިއެވެ.

އަފީފް މިފދައިން ވިދާޅުވީ، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ. އެ މައްސަލައަކީ ރާއްޖެގައި ހަނގުރާމަވެރި ސެލްތައް ޤާއިމްކުރުމާއި، ދީނުގެ ނަމުގައި ގަތުލު އާއްމު ހިންގުމުގެ އިތުރުން، ކުޑަކުދިންނަށް ޖިންސީގޯނާކޮށް ކޯޓުން ބޭރުން ކުޑަކުދިންނާއި ކައިވެނިކުރާ މައްސަލަ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ހުށަހެޅި މައްސަލައެކެވެ.

އަފީފް ވަނީ އެކަންކަން ހިނގާ އިރު، ދިވެހި ފުލުހުންގެ އިސްވެރިޔާ ހުރީ ނިދާފަތޯ ސުވާލުކުރަން ބޭނުވާ ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހި ފުލުހުން އެތިބީ މިއަދު ފެއިލްވެފައި ކަމަށާ، ދިވެހި ފުލުހުންގެ މަތީވެރިއަކަށް ހުރި ހޯމް މިނިސްޓަރ މި މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަންޖެހޭކަމަށާއި، އަދި ހޯމް މިނިސްޓަރަށް އެކަން ނުކުރެވޭ ނަމަ އެ މަޤާމަށް އެހެން މީހަކު އައްޔަން ކުރަން ޖެހެކަމަށް އޭނާ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ށ. މާއުނބޫދޫއަށް އަރާ ބަޔަކުވަނީ އެރަށުގައި އައިސިސްގެ ދިދަ ޖަހާފައެވެ. އަދި 13 އަހަރުގެ ކުއްޖަކާއި ކައިވެނިކޮށް، އެ ކުއްޖާ ބަލިވެ އިނދެ ވިހޭ މައްސަލަ ކަމާއި ބެހޭފަރާތްތަކުން ދަނީ ބަލަމުންނެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ހަނގުރާމައަށް ފޮނުވާ މީހުން ތިބި ކަމަށާ، އެކަމަށް ވާގިވެރިވާ ސެލްތައް ތިބިކަމަށް މަރުގެ މައްސަލަތައް ބަލާ ކޮމިޝަނުން ވަނީ ބުނެފައެވެ. އެފަދަ މައްސަލަތައް ހުއްޓުވަން ސީރިއަސް ފިޔަވަޅުތަކެއް އެޅުމަށް މެމްބަރުން ގޮވާލިއެވެ. މިކަން ކަން ސަމާލުކަމަށް ގެނެސް ޝަހީމް ހުށަހެޅި ކުއްލި މައްސަލަ ބަލައިގަތީ، 41 މެމްބަރުންގެ އިއްތިފާގުންނެވެ. ކުއްލި މައްސަލަ ބަލައިގަންނަން ބޭނުންވަނީ 21 މެމްބަރުންގެ ވޯޓެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: