ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ނެކްސްޓް ސްޓެޕް“ ކެރިއާ ގައިޑަންސް އެކްސްޕޯ: އޯލެވެލް އަދި އޭލެވެލް ނިންމާ ދަރިވަރުންނަށް ހާއްސަ އެކްސްޕޯއެއް!

"ނެކްސްޓް ސްޓެޕް" ކެރިއާ ގައިޑަންސް އަދި މަތީ ތައުލީމާބެހޭ ހާއްސަ އެކްސްޕޯ
ޝެއާރކޮށްލާ ކަހަލަދޯ؟

”ނެކްސްޓް ސްޓެޕް“ ކެރިއާ ގައިޑަންސް އަދި މަތީ ތައުލީމާބެހޭ ހާއްސަ އެކްސްޕޯއަކީ ސްކޫލް ނިންމާ ދަރިވަރުންނަށް ކުރެވެން ހުރި ތަފާތު މަސައްކަތްތަކާއި ދާއިރާ ތަކާބެހޭގޮތުން މައުލޫމާތު ލިބިގެންދާނެ އެކްސްޕޯއެއްކަމަށް ކްލިކް ކޮލެޖްގެ ޕްރެޒިޑެންޓު ޑރ. ނައުޝާދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ނެޝަނަލް އާޓް ގެލަރީގައި މިރޭ ދިހައެއް ޖެހުމާއި ހަމައަށް ކުރިއަށްދާ މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ އޯލެވެލް އަދި އޭލެވް ނިންމާ ދަރިވަރުންނަށެވެ. މިއީ ސާނަވީ ތައުލީމު ފުރިހަމަކުރާ ދަރިވަރުންނަށް، އެ ކުދިންނަށް ކުރިޔަށް ދެވެން ހުރި މަގުތައް އަންގައިދިނުމަށް ބާއްވާ ހަރަކާތެކެވެ. އެކްސްޕޯގެ މަގްސަދުތަކުގެ ތެރޭގައި ސްކޫލު ނިންމާ ވަޒީފާގެ މާހައުލަށް ތައްޔާރުވުމާއި، އަދި ވަޒީފާގެ އިންޓަވިއަށް ތައްޔާރުވުމަށް ކުރެވޭނެ ތައްޔާރީތައް ހިމެނެއެވެ.

އެކްސްޕޯއާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ޑރ. ނައުޝާދު ވިދާޅުވީ ކްލިކް ކޮލެޖްގެ އަމާޒަކީ އަބަދުވެސް ސްކޫލު ނިންމާ ދަރިވަރުންނަށް ކުރިޔަށް ދިއުމަށް ބިންގާއެއް އަޅާދިނުން ކަމަށެވެ. ސްކޫލް ނިންމާ ދަރިވަރުންނަށް ރާއްޖޭގައި ކުރެވެން ހުރި ތަފާތު މަސައްކަތްތަކާއި ރާއްޖޭގައި މަސައްކަތުގެ ދާއިރާއިން ކުރިޔަށް ދެވެން ހުރި ދާއިރާތައް އޮޅުންފިލުވަދިނުނުމަށް އަބަދުވެސް މަސައްކަތް ކުރައްވާކަމަށެވެ. އަދި އެކްސްޕޯގެ އެއް މަގްސަދަކީވެސް އެއީކަމަށް އޭނާ ވިދާޅުވިއެވެ.

”ނެކްސްޓް ސްޓެޕް“ ކެރިއާ ގައިޑަންސް އަދި މަތީ ތައުލީމާބެހޭ ހާއްސަ އެކްސްޕޯ

ޑރ. ނައުޝާދު ވިދާޅުވީ ސްކޫލް ނިންމާ ދަރިވަރުންނަށް ކުރެވެން ހުރި ތަފާތު މަސައްކަތްތަކާއި ދާއިރާ ތަކާބެހޭގޮތުން މި އެކްސްޕޯގެ ތެރެއިން މައުލޫމާތު ދެވޭނެ ކަމަށެވެ.

ސާނަވީ ތައުލީމް ނިމޭ އިރަށް މަތީ ތައުލީމަށް ނުވަތަ ވަޒީފާގެ މާހައުލަށް ނިކުންނަން ބޭނުން ނުވާ، ނަމަވެސް ކޮންމެ ވެސް ހަރަކާތެއްގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނަށް ހިލޭ ސާބަހަށް މަސައްކަތްކުރެވޭނެ ޖަމިއްޔާތަކާ ގުޅޭ މައުލޫމާތު މި އެކްސްޕޯއިން ލިބިގެންދާނެއެވެ.

ބައެއް ކުދިން މަތީ ތައުލީމް ހާސިލް ކުރުމުގެ އުއްމީދުގައި ތިބޭއިރު، އޯލެވެލް، އޭލެވެލް އަށްފަހު ބައެއް ކުދިން ވަޒީފާ އެއް ހޯދުމަށް މަސައްކަތް ކުރއެވެ. އެކަމަށް އިޝާރާތްކޮށް ކިލްކް ކޮލެޖްއިން ބުނެފައިވަނީ އޯލެވެލް، ނުވަތަ އޭލެވެލް ނަތީޖާ ލިބޭއިރު އިރުވެސް ގިނަ ކުދިންނަށް ކުރިޔަށް ދާނެ ދާއިރާ ކަނޑަނޭޅޭ ކަމަށެވެ. އަދި ރާއްޖޭގައި ވަޒީފާ އަދާ ކުރެވެން ހުރީ ކޮން ކަހަލަ ތަފާތު ދާއިރާ ތަކެއް ކަން ނޭނގޭ ކަމަށެވެ. އެހެންކަމުން، އެކްސްޕޯގެ އަމާޒަކީ ރާއްޖެއިން ކުރިޔަށް ދެވެން ހުރި ދާއިރާތަކާއި ގުޅޭގޮތުން މައުލޫމާތު ދިނުންކަން އެ ކޮލެޖުން ވަނީ ފާހަގަކޮށްފައެވެ.

އެކްސްޕޯގައި، މަޝްހޫރު ބައެއް ކުންފުނި ތަކުގެ ހިއުމަން ރިސޯސް މެނޭޖަރުން ބައިވެރިވެ އިންޓަވިއުއާ ސީވީ ތައްޔާރުކުރުން ފަދަ މައުލޫމާތު ހިއްސާކުރަމުން ގެންދާނެ ކަމަށާއި އަދި މި ނޫންވެސް އެކިއެކި ދާއިރާތަކުން ކުދިންނަށް މުހިންމު މައުލޫމާތު ދިނުމުގެ ސެޝަންތަކާއި ބައެއް ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދުންފަދަ ފުރުސަތުތައް މި އެކްސްޕޯގެ ތެރެއިން ފަހިވެގެންދާނެ ކަމަށްވެސް އެކޮލެޖުން ބުނެ އެވެ. މިއެކްސްޕޯގައި 12 ޕްރެސެންޓޭޝަނަކާއި ޕެނަލް ޑިސްކަޝަންސް ކުރިއަށްގެންދާ ގޮތައްވަނީ ހަމަޖެހިފަ އެވެ. އެކްސްޕޯގައި ޖޭސީއައި، އީ ގޭމިންގް އެސޯސިއޭޝަން، ޓްރެވެލަރ ގްލޯބަލް، އައިޓްކެންސް ސްޕެންސް ރިޒޯޓްސް، ލިކްންސާވް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް، މޯލްޑިވްސް އިސްލާމިކް ބޭންކް، އީއީސީ އޭސިއާ، ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ އިތުރުން ޔުނިކްސްޕޯ ބައިވެރިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: