ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކިއެކި މަޝްރޫއުތަކަށް ޑިއުޓީ މާފުކޮށް އެތެރެކުރި އުޅަނދުތައް ގަވާއިދާ ހިލާފަށް ބޭނުންކުރާނަމަ ފިޔަވަޅު އަޅަނީ

މޯލްޑިވްސް ކަސްޓަމްސް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

އެކިއެކި މަޝްރޫޢުތަކަށް ހާއްސަކޮށްގެން ޑިއުޓީ މަޢާފުކޮށް ރާއްޖެއަށް އެތެރެކޮށްފައިވާ އުޅަނދުތައް، މަޝްރޫޢު ނިމުމަށްފަހު އަނބުރާ ރާއްޖެއިން ބޭރަށް ނުގެންގޮސް ގަވާއިދާ ޚިލާފަށް ބޭނުންކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނިންމައިފިއެވެ.

މި ނިންމުން ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއި އެކު ބޭއްވެވި ބައްދަލުވުންތަކުގައި ލިބުނު ޝަކުވާތަކަށް ފަހު އެވެ.

މި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ގޮތުގައި، ބޮޑެތި މަޝްރޫއުތަކަށް ޑިއުޓީ މަޢާފުކޮށް އެތެރެކުރާ އުޅަނދުތައް، އެ މަޝްރޫޢެއް ނިމުމުންވެސް އަނބުރާ ނުގެންގޮސް، އެކި ފަރާތްތަކަށް ކުއްޔަށް ދީގެން އާމްދަނީ ހޯދުމަށް ބޭނުންކުރަމުންދެއެވެ. މިއީ އުސޫލުތަކާ ހިލާފަށް ކުރެވޭ ކަމެއްކަމަށާއި، މީގެ ސަބަބުން ކުދި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭކަން ވިޔަފާރިވެރިން ވަނީ ޝަކުވާއެއްގެ ގޮތުގައި ހުށަހަޅާފަ އެވެ.

ކަސްޓަމްސްއިން މިކަމާއި ގުޅޭގޮތުން މިރޭ އާންމު ކުރި ބަޔާނުގައި ބުނީ މަޝްރޫއުތަކަށް ގެންނަ އުޅަނދުތައް އިމްޕޯޓް ޑިއުޓީ ނުދައްކައި އެކި ފަރާތްތަކަށް ކުއްޔަށް ދީގެން ބޭނުންކުރާނަމަ، އެފަދަ އުޅަނދުތައް ހޯދައި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ. އަދި އެފަދަ ފަރާތްތަކުގެ މައްސަލަ ބަލައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ދައްކަންޖެހޭ ޑިއުޓީ ނެގުމުގެ މަސައްކަތް 01 ޖަނަވަރީ އިން ފެށިގެން ކުރިއަށް ގެންދާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: